ޚަބަރު

ބޮގަރު ކެއްކި ދެ މީހަކު ގަމުން ހައްޔަރުކޮށްފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ދިވެހި ފުލުހުންގެ ޓީމެއް މާލޭ މަގުމަތީގައި ހަރަކާތްތެރިވަނީ

ބަނގުރާ ކެއްކި ކަމުގެ ތުހުމަތުގައި ލ. ގަމުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފި އެވެ.

Ads by STELCO

މިޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލާގައި ދެ މީހަކު ހައްޔަރުކުރީ އިއްޔެ ގަން ތުނޑި ވިލެޖް ގެއިން ކަމަށެވެ. އެއީ 42 އަދި 57 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ވިޔަފާރި އަދި ބޮގަރު ކައްކައިގެން އޭގެ ވިޔަފާރި ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

ފުލުހުން ބުނީ އެ ގޭގެ ތެރެއިން 24.42 ގްރާމްގެ ހެރޮއިން ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެއްޗާ ބޮގަރު ކަމަށް ޝައްކުކުރެވޭ 2 ރުނބާ އަދި 5 ލީޓަރު ފުޅިއަކާއި އަދި ބޮގަރު ކައްކަން ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!