ޚަބަރު

މާރާމާރިއެއްގައި ކޮނޑުހުޅުން ނެއްޓުން މީހަަކަށް ފަރުވާދެނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ފުލުހުންގެ ހިދުމަތް/ ފޮޓޯ: ދެން

ރޭ މާާލޭގައި ހުންނަ ޗައިނާ އެމްބަސީ ކައިރީގައި ދެ ދިވެހިންނާ ބިދޭސީން ދެމީހުންނާ ދެމެދު ހިނގި މާރާމާރިއެއްގައި ބިދޭސީއެއްގެ އަތް ކޮނޑުހުޅުން ނެއްޓި ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މިއަދު އާންމުކޮށްފައިވާ، ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 38 ދިވެހި ފިރިހެނަކާ، 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

"އަނިޔާ ލިބުނު ބިދޭސީ މީހާގެ އަތް ކޮނޑު ހުޅުން ނެއްޓިފައިވާތީ، އެޑިމިޓް ކޮށްފައިވާކަމަށް" ކޯޓު އަމުރުގައި ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވާ ކަމަށެވެ. އެކަމަކު މާރާމާރި ހިންގި ސަބަބެއް ފުލުހުން ނުބުނެ އެވެ. އަދި އަނިޔާވި ބިދޭސީންގެ ވަނަވަރެއް ފުލުހުން ހާާމައެއް ނުކުރެ އެވެ.

އެ ދެމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ،

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!