Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކަނޑިތީމުގައި ސިހުރު މައްސަލަތަކާ ގުޅިގެން ގެތަކެއް ބަލާ ފާސްކޮށްފި

ކަނޑިތީމުގައި ސިހުރު މައްސަލަތަކާ ގުޅިގެން ގެތަކެއް ބަލާ ފާސްކޮށްފި

ށ. ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ފުލުހުން ގެތަކެއް ބަލައި ފާސްކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ސިހުރު ހަދާ ކަމުގެ މައުލޫމާތުތަކެއް ލިބިގެން އެރަށު ގެތަކެއް އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ގެންދިޔަ އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

ސިހުރުގެ މައްސަލާގައި ވަރަށް ގިނަ ފަހަރުތަކުގައި ގެތައް ބަލައި ފާސްކޮށް، އަދި ބައެއް މައްސަލަތަކާ ގުޅިގެން މީހުން ހައްޔަރުކޮށް ދައުވާ ވެސް ކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް