Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕީޖީކަމުން ޝަމީމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ޕީޖީކަމުން ޝަމީމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ގިނަ ތުހަތުތަކެއް ކުރެވިފައިވާ ޕްރޮސެކިއުޓާ ޖެެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ. ކޮމިޓީން އެގޮތަށް ފާސްކުރީ ކުރެވިފައިވާ ތުހުމަތުތަކަށް ޖަވާބުދާރިވުމުގެ ފުރުސަތު ޕީޖީ އަށް ދިނުމަށް ފަހު އެވެ. އެ ކޮމިޓީ ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. ޝަމީމް ވަކިކުރަން ފެންނަ ކަމަށް ވޯޓު ނުދެއްވަނީ އެމްޑީޕީގެ ދެ މެންބަރުންނެވެ. އެއީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްއާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ. ޝަމީމް ވަކިކުރަން ޖެހޭ އަށް ސަބަބެއް ބަަޔާންކޮށް، މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީއެއް މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވަނީ އިއްވާފަ އެވެ. އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތައް:
  • އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ދައުވާނުކޮށް އަދި އެ މައްސަލަ ފައިލްކުރުން
  • ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރުން
  • ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގެ ދަށު ކޯޓުގެ ނިންމުން އިސްތިއުނާފް ނުކުރުން
  • ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މީހުން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެނައުން
  • ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުން
  • ކޮވިޑުގެ ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާނުކުރަން ނިންމުން
  • ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެއް ޖިންސުގެ ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ނުބެލުން
  • ޕީޖީ އޮފީހުގެ މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ މައްސަލަ

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް