ޚަބަރު

ޝަމީމް ވަކިކުރަން ވޯޓު ނުދިން އެމްޑީޕީ މެންބަރުންނަށް އުންމަތް މަލާމާތް ކުރާނެ: މުސްތޮ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މަޖިލީހުގެ ޖަލްސާއެއްގައި މުސްތޮ ވާހަކަފުޅު ދައްކަވަނީ

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓް ދެއްވި އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ދިވެހި އުންމަތް މަލާމަތް ކުރާނެ ކަމަށް އެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް (މުސްތޮ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ގިނަ ތުހަމަތުތަކެއް އަމާޒުކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މައްސަލަ ބެލުމަށް ފަހު މަޖިލީހުގެ ތަޅުމަށް ރޭ އޭނާ ވަނީ ޕީޖީ ވަކިކުރަން ހުށަހަޅާފައެވެ. އެ ހުށަހެޅުން ފާސްކުރީ 65 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ނުވަ މެންބަރެކެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

ރޭގެ ވޯޓާ ގުޅޭ ގޮތުން މުސްތޮ އެކްސްގައި ލިޔުއްވި ޕޯސްޓްގައި ތުހުމަތު ކުރެއްވީ ޝަމީމަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް ރާއްޖޭގައި ކުރިން ހިންގި ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންއިން ލިޔުނު ރިޕޯޓްގެ ބައިވެރިއެއް ކަމަށެވެ. އަދި އޭނާއަކީ އެތައް ޒުވާނުންނަކަށް ނުހައްގުން ދައުވާކޮށް, ޒުވާން ޖީލެއް "ފުނޑާލި" މީހެއް ކަމަށާއި އަދި އެއީ ޚާއިނުންގެ ވާގިވެރިއެއް ކަމަށް ވިދާޅުވި އެވެ.

މުސްތޮ ވިދާޅުވީ މިފަދަ މީހަކު ވަކިކުރަން ހުށަހެޅުމުން ވޯޓް ނުދިނުމަކީ ދިވެހި އުންމަތް އެކުއެކީ އެ ޕާޓީގެ މެންބަރުންނަށް މަލާމަތް ކުރާނެ ކަމެއް ކަމަށެވެ.

"އެމްޑީޕީގެ މެންބަރުން ޕީޖީ ކަމުން ވަކިކުރަން ވޯޓް ނުދިނުމަކީ ދިވެހި އުންމަތް އެކުއެކީ އެ ބޭފުޅުންނަށް މަލާމަތް ކުރާނެ ކަމެއް. ވަކިކުރެވުނު ޕީޖީއަކީ ޒުވާން ޖީލެއް ފުނޑާޅި މީހެއް. އެއީ ގައުމުގެ އެންމެ ބޮޑު ޚާއިނުގެ ވާގިވެރިއެއް. އެއީ اللهއަށް ހަޖޫހަޖާ ލިޔުނު ރިޕޯޓްގެ ބައިވެރިއެއް." މުސްތޮގެ ޓްވީޓްގައި ވިދާޅުވިއެވެ.

ޕީޖީގެ މަގާމު ހުސްވުމުން އާ ޕީޖީއެއް އައްޔަން ކުރަން ގާނޫނުން ދީފައިވާ މުއްދަތަކީ 30 ދުވަހެވެ. މިހާރު މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު ދައުރުން ބޭރުގައި މަޖިލީހުގެ ދެ ޖަލްސާއެއް ބާއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ޕީޖީ އައްޔަން ކުރަން އޮންނަ އިޖުރާއަތަކީ، މަގާމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލައި، އަދި ރައީސްޖުމްހޫރިއްޔާއަށް ފެންނަ ނަންތައް މަޖިލީހަށް ފޮނުވުމަށް ފަހު، މަޖިލީހުން އެއިން ނަމެއް ފާސްކުރުމެވެ. މަޖިލީހުން ފާސްކުރާ ބޭފުޅަކު މަގާމަށް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

Ads by Allied Insurance
  1. ެއަހްމަދް ރަސީދު

    މީހަކު މަލާމާތް ކުރުމުން ވާނެ ކަމެއް އެބަ އޮތްބާ. ދެބޯގެރިދުއްވާ ބާރަށް.

  2. ރަށުމީހާ

    މަލާމާތްް ނުކުރާނެެ ގޮތެއްް ނުވާނެެ. ނަމާދުު ކުރާތީވެސްް ކުރަނީމަލާމާތްް.
    މިވަރުގެެ އުއްމަތެއްގެެ ވާހަކަަ ތިި ދައްކަނީ