ޚަބަރު

މުއިއްޒުގެ ސަރުކާރަކީ އިސްލާމް ދީނަށް ނަޞްރު ދިނުމުގައި ދެމި އޮންނާނެ ސަރުކާރެއް: ޝަހީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހުރިހާ ކާމިޔާބީއެއްގެ އެންމެ ބޮޑު ހިއްސާދާރަކީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެއްޓެވުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ ކަންތައްތަކާ ޙާޞިލްކުރައްވަމުން ގެންދަވާ އެންމެހާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަމަށާއި މިއަދު ދިވެހިރާއްޖޭގައި މިއޮތް ސަރުކާރަކީ އިސްލާމްދީނަށް ނަޞްރު ދިނުމުގައި ދެމި ތިބޭނެ ސަރުކާރެއްކަމަށެވެ.

"މި ދުވަސްވަރަކީ އިސްލާމް ދީނުގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށް މީސްތަކުންނާއި ހަމައަށް ހިދާޔަތު ގެންގޮސްދިނުމަށް ހަޔާތުގައި ލިބޭނެ ވަރަށް ބޮޑު އަގުހުރި ރަނުގެ ފުރުސަތެއް، ރާއްޖޭގައި އިސްލާމްދީނުގެ ކަންތައްތަކަށް ނަސްރުދޭނެ ސަރުކާރެއް ގާއިމްވެފައި އޮތުން،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ ޢިލްމުވެރިންކަމަށާއި އެކަންކަމުގައި ޢިލްމުވެރިންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް ދީނީ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާކަމަށެވެ. މީގެ އިތުރުން އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭކަމީ އުފާ ކުރައްވާކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ދަންނަބެ

    އެހެންވެސޯ އިޒުރޭލާ ގުޅުން ބަދަހިކޮށް
    ޕާސް ޕޯޓްގަނޑު ތިޔަ ގަރުދިޔަކަށްކަނީ!