Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބަނގުރަލާ ވަގު ޑޮލަރާ އެކު ފިހާރައަކުން 2 ބިދޭސީން ހައްޔަރުކޮށްފި

ބަނގުރަލާ ވަގު ޑޮލަރާ އެކު ފިހާރައަކުން 2 ބިދޭސީން ހައްޔަރުކޮށްފި

މާލޭ ފިހާރައަކުން ބަނގުރަލާ، ވަގު ޑޮލަރާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެކަމެއް އިއްޔެ ހިނގިއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ އުމުރުން 42 އަހަރުގެ އިންޑިއާ ފިރިހެނަކާއި 43 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކޮށްފައިވާ ކޯޓު އަމުރުގައި ބުނީ ދެ މީހުން ހައްޔަރުކުރީ މއ. ޓްޗްމާޓް ފިހާރައިގައި ބަނގުރާ ވިއްކާކަމަށް ޕޮލިސް ކޮމާންޑް ސެންޓަރުން ލިބުނު މައުލޫމާތަކާ ގުޅިގެން ވެރިފަރާތުގެ ހުއްދައާއެކު ފިހާރަ ބަލައި ފާސްކުރިކުރުމުގެ ތެރެއިން ކަމަށެވެ. އެ މީހުން އަތުން ފެނުނީ ކިހާ އަދަދެއްގެ ޑޮލަރެއްކަން ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

Advertisement
Allied Insurance — Square (box)

ފިހާރައިގެ ގުދަނުން ގިނަ އަދަދެއްގެ ބަނގުރާ ހުރި ކަމުގެ މައުލޫމާތު ލިބުނު ކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުންޏެވެ.

ކޯޓު އަމުރުގައި ބުނީ ހައްޔަރުކުރި ބިދޭސީންނަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހުން ކަމަށެވެ.

ފެނުނު ތަކެއްޗަށް އިއުތިރާފްވެ އެ މީހުން ކޯޓުގައި ބުނީ އެކަން ކުރަނީ ފިހާރައިގެ ވެރި މީހާއަށް ވެސް ނޭނގި ކަމަށެވެ.

މި ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް