ޚަބަރު

ބޭރު ފައިސާއިން އާމްދަނީ ލިބޭނަމަ ޑޮލަރުން އިމްޕޯޓް ޑިއުޓީ ނަގަނީ

އަލީ ސަމާޙް ، ދެން އޮންލައިން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް, މަތިން ނަގާފައިވާ ފޮޓޯއެއް

ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ، އެމެރިކާ ޑޮލަރުން ނަގަން ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.

Ads by Hajj Corporation

ވަޒީރުންގެ މަޖިލީހުން އެހެން ނިންމީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.

ރައީސް އޮފީހުން މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ އިއްޔެ ބޭއްވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް މިހާރުން މިހާރަށް އިތުރުކުރެއްވުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށްވެސް ނިންމަވާފައިވާ ކަމަށެވެ.

އަދި ބޭރު ފައިސާއިން ދޭ އުޖޫރައިން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން، އެމެރިކާ ޑޮލަރުން ނަގަން ފެށުމާއި ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުގެ ކޯޕަރޭޓް އިންކަމް ޓެކްސް، އެމެރިކާ ޑޮލަރުން ދައްކާ ގޮތަށް ބަދަލު ކުރުމަށްވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި، ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމާއި، ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއިން އޮފްސެޓް ކުރުމާއި، އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލަންވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެ އެވެ.

Ads by Ooredoo
  1. ކޮރަކަލި

    ތިނިންމި ކަންތަކާއިގެން ކުރިއަށް ދެވިއްޖެނަމަ ރަގަޅުވެދާނެ ތިނިންމި ކަންތަ ތަންފީޒުވުމާއި ދޭތެރެ ޝށްކުއުފެދެނީ