ޚަބަރު

އެސްޑީއެފް އެކައުންޓަށް 60 މިލިއަނަށްވުރެ ގިނަ ޑޮލަރު ޖަމާކޮށްފި  

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ރޭގެ ޖަލްސާގައި ސައީދު ވާހަކަފުޅު ދައްކަވަނީ

ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) އެކައުންޓަށް 60 މިލިއަނަށްވުރެ ގިނަ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ސައީދު އެހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ލޯނުތައް އަދާކުރުމަށްޓަކައި ފަހަށް ރައްކާކުރުމަށް ސެންޓްރަލް ބޭންކުގައި ހަދާފައިވާ އެސްޑީއެފް އެކައުންޓްގައި 200 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުންނާނެ ކަމަށެވެ.

އެކަމަކު މިދިޔަ ނޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ހަވާލުވެވަޑައިގެންނެވިއިރު އެ އެކައުންޓުގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށް ސައީދު ވިދާޅުވި އެވެ.

"2023 ވަނަ އަހަރު ރައީސް ޑރ. މުއިއްޒަށް ސަރުކާރު ހަވާލުވިއިރުގައި އެމަނިކުފާނު އަތްޕުޅަށް އެއްކަލަ ފަންޑޭ ކިޔާފައި ދެއްކީ އެންމެ ދެ މިލިއަން ޑޮލަރު ހުރީ އޭގައި"

ސައީދު ވިދާޅުވީ ރައީސް މުއިއްޒު ނެންގެވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އެ އެކައުންޓު އިހު ހުރި ގޮތަށް ރުޖޫއަކުރުމަށްޓަކައި 60 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.

އެ އެކައުންޓަށް އެހާ އަދަދަށް ފައިސާ ޖަމާކޮށްފައިވާއިރު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 3 މަސްދުވަހުގެ ތެރޭގައި ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކުރި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!