އިމިގްރޭޝަންގެ އޮޕަރޭޝަނާ ގުޅިގެން ބިދޭސީން ފިލަން އަތޮޅުތެރެއަށް!
ގަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދާ ބިދޭސީން ހޯދައި އެ މީހުން ޑީޕޯޓްކުރަން އިމިގްރޭޝަންއާ ފުލުހުން ގުޅިގެން އޮޕަރޭޝަން ފެށުމުން ބިދޭސީން ފިލަން އަތޮޅުތެރެއަށްދާ މައްސަލަ ބޮޑުވެފައިވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ޝައްމާން އެހެން ވިދާޅުވީ އިމިގްރޭޝަނުން 200 އަށްވުރެ ގިނަ އޮފިސަރުންނާއެކު މާލޭ އެކި ސަރަހައްދުތަކުގައި އިއްޔެ ހިންގި ބޮޑު އޮޕަރޭޝަންގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރައްވަމުންނެވެ.
ޝައްމާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީއަކު ފޮރުވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި އެގޮތަށް އުޅޭ ބިދޭސީއަކު ގެންގުޅުން ނުވަތަ އޭނާ އަށް ހިމާޔަތްދިނުމަކީ ކުށެއް ކަމަށެވެ.
އެހެންވެ އެކަމުގައި އިމިގްރޭޝަން ގާނޫނުގެ ދަށުން އެފަދަ ފަރާތްތަށް ޖޫރިމަނާކުރުން ފަދަ އަދަބުތައް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝައްމާން ދެއްވި ޔަގީންކަމަކީ އިމިގްރޭޝަނުން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި އެކަންކަން ފާހަގަވާ މިންވަރަކުން އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމެވެ.
މާލެ ތެރޭގައި އަޅުގަނޑުމެން ހިންގާ އޮޕަރޭޝަންތަކާ ގުޅިގެން ގިނަ ބަޔަކު މާލެއިން ބޭރަށް ފުރާ ވާހަކަ މައުލޫމާތު ލިބެމުންދާނީ. މިގޮތުން ކުޅުދުއްފުށި ކައުންސިލުން ވަނީ ތި މައުލޫމާތު (ބީދޭސީން) ހިއްސާކޮށްފައި
އެނގިފައިވާ ގޮތުން މާލެ ސަރަހައްދުގައި އޮޕަރޭޝަން ފެށިފަހުން ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓު ފަހަރުތަކުން ގިނަ އަދަދެއްގެ ބިދޭސީން ކުޅުދުއްފުއްޓަށް އެބަދެ އެވެ. މި މަސް ތެރޭގައި އެ ރަށަށް ދާ ބިދޭސީންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ރަށަަކަށް އެރޭނީ ކައުންސިލެއްގެ ހުއްދަ ލިބިގެން ކަމަށްވާއިރު ބިދޭސީންގެ ކަންކަމުގައި ކޮންމެ ކައުންސިލަކުންވެސް އެ ކައުންސިލެއްގެ ޒިންމާ ރަނގަޅަށް އަދާކުރުމަށް ޝައްމާން އެދިވަޑައިގެންނެވި އެވެ.
އޭނާ ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އަތޮޅުތަކުގައިވެސް އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށެވެ. އޭރުން އަތޮޅު ތެރޭގެ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ 3 އަހަރެއްހާ ތެރޭގައި އެއްކޮށް ހައްލުކުރުމަށެވެ. ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނަގައި ޑޭޓާ ބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ވަނީ ފަށާފަ އެވެ.
ޢެމީހުންނައް ހިމާޔައްދޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅެންޖެހޭ މަ މަސްއަލަ މިހާރު ވަރައް ބޮޑުވެފައިވާ މަސްއަލައެއް މިފަދަ ބިދޭސީން އައް ހަރުކަށި އަދަބު ދޭނވީ
ރަށްރަށައް ނާރުވާ. މިހާރުވެސް އެއީ މަނާކަމެއް. ޝައްޙަ ލުޔެ ކިޔުން ނެތް މީހުން އުފުލުން.
ކައުންސިލް ތަކުން މަރުހަބާ ކިޔާތީ ވާގޮތް ތީ. މިހާރުވެސް އެ ރަށަކަށް ނޭރޭނެ ރައްތިރުން ނުރުހޭ ސިޔާސީ މީހަކު. ހަމަ އެބީދައިން ބިދޭސީން ނާރުވަބަލަ.