ޚަބަރު

ޖަލުގަ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ހުކުމުން ދެ ދުވަސް އުނި ކުރަނީ

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މާފުށީގައި ޖަލުގައި ބޭއްި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ, ވިދާޅުވީ ގައިދީންނަށް ފުރުސަތު ހޯދައިދީ މުޖުތަމައަށް ނެރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް.. ފޮޓޯ/ މިނިސްޓްރީ

ރިހިބިލިޓޭޝަން މަސައްކަތުގައި ބައިވެރިވާ ގައިދީންގެ ޖަލު ހުކުމުން އިތުރު ދުވެހެއް އުނިވެގެންދާނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

Ads by STELCO

އިހުސާން އެހެން ވިދާޅުވީ މިއަދު ހެނދުނު ކ. މާފުށީގައި ހުންނަ ޖަލުގެ ގޯތިތެރޭގައި ހެދި "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިހުސާން ވިދާޅުވީ ރިހިބިލިޓޭޝަން މަސައްކަތުގައި ބައިވެރިވާ ކޮންމެ ގައިދީއެއްގެ ޖަލުގެ ހުކުމުން އިތުރު އެއް ދުވަސް އިތުރަށް ކެންޑިގެންދާ ގޮތަށް ހަމަޖެއްސުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށެވެ.

އަދި ގާނޫނުތަކާއި ގަވާއިދުތަކަށްގެންނަން ޖެހޭ ބަދަލުތައް ގެނެސް ހަރުދަނާ ގޮތެއްގައި އެކަން ކުރެވޭނެ އުސޫލުތަކެއް ކަރެކްޝަނަލް ސާވިސަސްއިން ވަރަށް އަވަހަށް ގައިދީންނަށް އިއުލާންކުރާނެ ކަމަށް އިހުސާނު ވިދާޅުވިއެވެ.

"ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަން މަސައްކަތުގައި ބައިވެރިވާ ކޮންމެ ގައިދީއަކު އެއީ އެ މީހާ އިލެކްޓްރިކް އިންޖިނިއަރިންގެ ދާއިރާއިން ވިޔަސް، ރޭނުމުގެ ދާއިރާއިން ވިޔަސް، ސަގާފީ މަސައްކަތުގެ ދާއިރާއިން ވިޔަސް، މަސައްކަތް އުނގެނުމަށް ނުވަތަ މަސައްކަތް ކުރުމަށް މަސައްކަތްކުރާ ކޮންމެ ދުވަހަކީ ޖަލުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކީ އޭނާގެ ޖަލުގެ ހުކުމުން އެއްދުވަސް އިތުރަށް ކެނޑިގެންދާނެ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުން" އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސްގެ އިރުޝާދުފުޅަކީ ހުރިހާ ގައިދީންނަކީ ވެސް ޖަލުގައި ހޭދަކުރާ ދުވަސްތަކުގައި ރަނގަޅު، ފަންނުވެރި މަސައްކަތްތައް ދަސްކޮށްގެން އާމްދަނީ ލިބޭނެ ގޮތެއް ހޯދައިގެން މުޖުތަމައަށް ނުކުމެވޭނެ މީހަކަށް ހެދުން ކަމަށެވެ. އޭގެ އިތުރުން ގިނަ ދުވަސްވަންދެން ޖަލުތަކުގައި މީހުން ގެންގުޅުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަ އިތުރަށް ސާފު ކުރުމަށް "ދެން އޮންލައިން" އިން ސުވާލު ކުރުމުން ވިދާޅުވީ, ރިހެބްލިޓޭޝަންގައި މަސައްކަތް ކުރާނަމަ މަސައްކަތް ކުރި ދުވަހުގެ އިތުރަށް ޖަލު ހުކުމުން އެއް ދުވަސް އުނިވާ ގޮތަށް ސިޔާސަތު ބަދަލު ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިހުސާން ވިދާޅުވީ ރައީސްގެ ސިޔާސަތަކީ ރަނގަޅު ފަންނުވެރި މަސައްކަތްތަކެއް ދަސްކޮށް, އާމްދަނީ ލިބޭނެ މަގެއް ހޯދައިގެން މުޖުތަމައު އަނބުރާ އަވަހަށް ނިކުމެވޭނެ ބަޔަކަށް ގައިދީން ހެދުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް ނޫން ޖަލުތަކުގެ ތޭރިތަކުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މީހުން ގެންގުޅުމަކީ"

އިހުސާން ވިދާޅުވީ އޭނާގެ ވިސްނުމަކީ ގައިދީން މަސައްކަތްތައް ދަސްކޮށް މުޖުތަމައުން އަނބުރާ ބޭނުންތެރި ދިވެއްސެއްގެ ގޮތުގައި ގޮސް ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތުގައި އުޅުން ކަމަށެވެ.

Ads by Allied Insurance
  1. ރައްޔިތެއް

    އާއްމު ރައްޔިތުންނަށް ވުރެ ބޮޑު ހައްގުތަކެއް ކުށްވެރިންނަށް. ޖަލަށް ލާނެ ކަމެއްވެސް ނެތް. ގޭންގު ލީޑަރުން ވިއްޔަ އިސް މަގާމުތަކުގަ އެ ތިބެނީ.