Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރަހީނުކުރި މައްސަލަ: އަންހެން މީހާއާއި ފިރިހެން މީހާއަށް ވެސް އަނިޔާވެ ފަރުވާދެނީ

ރަހީނުކުރި މައްސަލަ: އަންހެން މީހާއާއި ފިރިހެން މީހާއަށް ވެސް އަނިޔާވެ ފަރުވާދެނީ

މާލޭގެ ގެއެއްގައި އަންހެނަކު ރަހީނުކޮށްގެން އުޅުނު މައްސަލާގައި އަންހެން މީހާގެ އިތުރުން އޭނާ ރަހީނުކޮށްގެން އުޅުނު ފިރިހެން މީހާއަށް ވެސް އެކި ވަރުގެ އަނިޔާތަކެއް ވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި ތުހުމަތުކުރެވޭ ފިރިހެން މީހާއަށް އަނިޔާވީ މަގުމައްޗަށް ނުކުމެ ސައިކަލަށް އަރައިގެން ދާން އުޅުމުން ބާރުގެ ބޭނުންކޮށްގެން އެ މީހާ ހުއްޓުވަން އުޅުމުގެ ތެރޭގައި ކަމަށެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ އޭޑީކޭގަ އެވެ.

"ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާ ދެނެގަތުމަށް ޓަކައި ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

ސޯޝަލް މީޑިއާގައި ސީނުގެ ބައެއް ވީޑިއޯ ދައުރުވަމުންދާ އިރު ފިރިހެން މީހާގެ ބޮލަށް ވަރަށް ޒަހަމްވެފައިވާ ކަން އެ ވީޑިއޯތަކުން ފެނެ އެވެ.

ރަހީނުކޮށްގެން ގެންގުޅުނު އަންހެން މީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ހިނގި ކަންކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ފުލުހުން އެ ތަނަށް ދިޔުމުން އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ސަލާމަތް ކުރަން އުޅެފިނަމަ މާރާލާނެ ކަމަށް ބުނެ ފިރިހެން މީހާ އިންޒާރުދީ ހަދާފައިވާ ކަމަށެވެ.

ގޭތެރޭގައި ވެސް އަންހެން މީހާއަށް އެކި ވަރުގެ އަނިޔާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގަ އެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް