2021 އިން މިހާތަނަށް ކުރީގެ ރައީސުންނަށް 40 މިލިޔަން ރުފިޔާ ދައުލަތުން ދިން
- އެންމެ ގިނަ ފައިސާ ދީފައިވަނީ ރައީސް މައުމޫނަށް
- ދެވަނަ އަށް އެންމެ ގިނަ ފައިސާ ލިބިވަޑައިގެންފައިވަނީ ރައީސް ވަހީދަށް
- މިދިޔަ ކުރު މުއްދަތުގައި ރައީސް ސޯލިހަށް ދެ މިލިއަން ރުފިޔާ ލިބިވަޑައިގެންނެވި
ރާއްޖޭގައި ވެރިކަން ކުރެއްވި ކުރީގެ ރައީސުންނަށް 2021 ވަނަ އަހަރުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ދައުލަތުން އިނާޔަތުގެ ގޮތުގައި 40,050,833.3ރ ދީފައިވާކަން ހާމަވެއްޖެ އެވެ.
އެ މައުލޫމާތު އެނގުނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން "ދެން އޮންލައިން" އިން ފޮނުވި ސުވާލުތަކުގެ ޖަވާބުގައި ޕެންސަން އޮފީހުން ހިއްސާކުރި ތަފާސް ހިސާބުތަކުންނެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު:
- ރައީސްކަމުގެ އެއް ދައުރު ކޮށްފައިވާ މީހަކަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50,000ރ
- ރައީސް ކަމުގެ އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000ރ
- އެއް ދައުރުކުރުމަށްފަހު އަނެއް ދައުރަށް އިންތިހާބުވެވަޑައިގެންފިނަމަ އެ މަގާމުން ވަކިވަންދެން މާލީ އިނާޔަތެއް ނުލިބޭ.
- ދިރިއުޅޭ ހަރަދަށް ކޮންމެ މަހަކު 50,000ރ އާ ހަމައަށް ފައިސާ ހަމަޖައްސައިދޭން ޖެހޭ.
- މުޖުތަމައުއަށް ފައިދާހުރި އިޖްތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތް ކުރާނޭ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި މަހަކު 175,000ރ އާ ހަމައަށް ފައިސާ ރައީސުންނަށް ހަމަޖައްސައިދޭން ޖެހޭ.
- ރައީސްކަންކޮށްފައިވާ މީހަކު މަރުވެއްޖެނަމަ އެމީހާގެ އަނބިމީހާއަށް އޭނާ އެހެން ކައިވެންޏެއް ކުރަންދެން ނުވަތަ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު މާލީ އިނާޔަތް ދައުލަތުން ދޭންޖެހޭ.
ރައީސް މައުމޫން އަބްދުލް ގައްޔޫމް
ޕެންޝަން އޮފީހުން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2021, 2022, 2023 ގެ ކޮންމެ މަހަކު އިނާޔަތުގެ ގޮތުގައި ދިގު 30 އަހަރެއްގެ ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް މައުމޫނަށް 300,000ރ ލިބިވަޑައިގަންނަވަ އެވެ.
އެއީ އަހަރަކު 3,600,000ރ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިރިއުޅުއްވާ ތަނުގެ ހަރަދުގެ 600,000ރ، މާލީ އިނާޔަތުގެ ގޮތުގައި 900,000ރ އާއި އޮފީސް ހިންގުމުގެ ހަރަދުގެ 2,100,000ރ އެވެ.
މިއަހަރުގެ މިހާތަނަށް ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި، ރާއްޖޭގެ އެންމެ ގިނަ ދުވަހުން ވެރިކަން ކުރެއްވި މައުމޫނަށް 400,000ރ އާއި މާލީ އިނާޔަތުގެ ގޮތުގައި 600,000ރ އަދި އޮފީސް ހިންގުމުގެ ހަރަދު 1,400,000ރ ލިބިވަޑައިގެންފައިވެ އެވެ.
އެ ތަފާސް ހިސާބުތައް އެއްކޮށްލުމުން 2021 ވަނަ އަހަަރުން ފެށިގެން މިދިޔަ އޮގަސްޓް މަހާ ހިސާބަށް އިނާޔަތުގެ ގޮތުގައި މައުމޫނަށް ޖުމްލަ 13,200,000ރ ލިބިވަޑައިގެންނެވި އެވެ.
ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީން ވެރިކަން ކުރެއްވި ފުރަތަމަ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަދާކުރެއްވުމާ ގުޅިގެން އެމަނިކުފާނު ދިރިއުޅުއްވާ ތަނުގެ ހަރަދާއި މާލީ އިނާޔަތް 2021 އަދި 2022 ވަނަ އަހަރު ލިބިވަޑައެއް ނުގަންނަވަ އެވެ.
އެހެންނަމަވެސް އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މަހަކު 175,000ރ ނަޝީދަށް ލިބިވަޑައިގެންނެވި އެވެ. އެއީ އަހަރަކަށް ބަލާނަމަ 2,100,000ރ އެވެ.
ނޮވެންބަރު 13, 2023 ގައި ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުން އެމަނިކުފާނަށް އެ އަހަރުގެ ބާކީ މުއްދަތުގައި ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި 78,333,33ރ އާއި މާލީ ހަރަދުގެ ގޮތުގައި 78,333,33ރ ލިބިވަޑައިގެންނެވި އެވެ.
އަދި އޮފީސް ހަރަދުގެ ގޮތުގައި އެ އަހަރު 2,100,000ރ ނަޝީދު ނެންގެވި އެވެ.
އެ އަހަރު ނަޝީދަށް އިނާޔަތުގެ ގޮތުގައި ޖުމްލަ 2,256,666.66ރ ލިބިވަޑައިގެންނެވި އެވެެ.
މި އަހަރުގެ މިހާތަނަށް ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި 400,000ރ އަދި މާލީ އިނާޔަތުގެ ގޮތުގައި 400,000ރ ނަޝީދަށް ލިބިވަޑައިގެންނެވިއިރު އޮފީސް ހިންގުމުގެ ހަރަދަށް 1,400,000ރ އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފަ އެވެ.
މިދިޔަ ތިން އަހަރާއި މި އަހަރުގެ މިހާތަނަށް އިނާޔަތުގެ ގޮތުގައި ދައުލަތުން ނަޝީދަށް 8,656,666.66ރ ލިބިވަޑައިގެންނެވި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
ނަޝީދުގެ ވެރިކަމުން ފައިބަވަޑައިގަތުމުން ކުޑަ ދުވަސްކޮޅަށް ރާއްޖޭގެ ވެރިކަން ކުރެއްވީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކަށް ދައުލަތުން މާލީ އިނާޔަތް ލިބިވަޑައިނުގަންނަވަ އެވެ.
އެކަމަކު މިދިޔަ ތިން އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ދިރިއުޅުއްވާ ތަނުގެ ހަރަދު 600,000ރ އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި އަހަރަކު 2,100,000ރ ވަހީދު ނެންގެވި އެވެ. އެހެންކަމުން އަހަރަކު ޖުމްލަ 2,700,000ރ އިނާޔަތުގެ ގޮތުގައި ވަހީދަށް ލިބިވަޑައިގެންނެވި އވެެ.
މިއަހަރު މިހާތަނަށް ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި 400,000ރ ވަހީދަށް ލިބިވަޑައިގެންނެވިއިރު އޮފީސް ހިންގުމުގެ ހަރަދަށް 1,400,000ރ ލިބިވަޑައިގެންނެވި އެވެ.
އެހެންކަމުން އިނާޔަތްތަކުގެ ގޮތުގައި 2021 އިން ފެށިގެން މި އަހަރުގެ މިހާތަނަށް 9,900,000ރ ވަހީދަށް ލިބިވަޑައިގެންނެވިކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
2013 އިން 2018 އަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2021 ވަނަ އަހަރު އިނާޔަތްތަކުގެ ގޮތުގައި 2,500,000ރ ލިބިވަޑައިގެންނެވި އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ދިރިއުޅުއްވާ ތަނުގެ ހަރަދު 1,250,000ރ
- މާލީ އިނާޔަތަށް 1,250,000ރ
2022 އަދި 2023 ގައި ދިރިއުޅުއްވާ ތަނުގެ ހަރަަދަށް 600,000ރ އަދި މާލީ އިނާޔަތަށް 600,000ރ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވެ. އަދި މި އަހަރުގެ މިހާތަނަށް ޔާމީނަށް ދިރިއުޅުއްވާ ތަނުގެ ހަރަދަށް 400,000ރ އަދި މާލީ އިނާޔަތުގެ ގޮތުގައި 400,000ރ ލިބިވަޑައިގެންނެވި އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިނާޔަތްތަކުގެ ގޮތުގައި 2021 އިން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 5,700,000ރ ޔާމީނަށް ލިބިވަޑައިގެންނެވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
2023 ވަނަ އަހަރު ނިމެން ގާތްވެފައި ވަނިކޮށް ވެރިކަން ބަދަލުވުމަށްފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިނާޔަތް ލިބިވަޑައިގަންނަވަން ފެއްޓެވިއިރު އެ އަހަރު ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި 71,666,67ރ އެމަނިކުފާނު ނެންގެވި އެވެ. އަދި މާލީ އިނާޔަތުގެ ގޮތުގައި 71,666,67ރ ސޯލިހަށް ލިބިވަޑައިގެންނެވި އެވެ.
އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 250,833.33ރ އާއެކު އެ އަހަރު އިނާޔަތުގެ ގޮތުގައި ޖުމްލަ 394,166.67ރ ސޯލިހަށް ލިބިވަޑައިގެންނެވި އެވެ.
މި އަހަރުގެ މިހާތަނަށް ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި 400,000ރ އާއި އަދި މާލީ އިނާޔަތުގެ ގޮތުގައި 400,000ރ ސޯލިހަށް ލިބިވަޑައިގެންނެވިއިރު އޮފީސް ހިންގުމުގެ ހަރަދަށް 1,400,000ރ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވެ.
އިނާޔަތްތަކުގެ ގޮތުގައި 2021 އިން މި އަހަރުގެ މިހާތަނަށް ޖުމްލަ 2,594,166.67ރ ސޯލިހަށް ލިބިވަޑައިގެންނެވި އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިނާޔަތުގެ ގޮތުގައި ކުރީގެ ރައީސުންގެ ތެރެއިން ދައުލަތުން އެންމެ ބޮޑު އިނާޔަތެއް ލިބިވަޑައިގަންނަވނީ މައުމޫނަށެވެ. ދެން އެންމެ ގިނަ ހަރަދެއް އިނާޔަތުގެ ގޮތުގައި ދައުލަތުން ހަަރަދުކުރަނީ ވަހީދަށެވެ.
ކޮންމެ މީހެއްގެ އަމިއްލަ ބިން. ކުއްޔައްދީގެން ހާދަ ރުފިޔާއެއް ލިބެޔޭ
5 އަހަރުގެ ދައުރު ހަމަ ނުކުރައްވާ އަންނި އާއި ވަހީދަށް ޢިނާޔަތުތައް ދެނީ ގާނޫނާ އެއްގޮތަކަށް ނޫން! މިކަން ބަލާ އިސްލާހު ކުރޭ!
ޔާމީނު ނޫން އެހެންރައީސުން ކޮން އޮފީހެއް ހިންގަންތަ ލާރިމިނަގަނީ. އޮފީހަކުން ކުރާކަމެއްނުފެނޭ. ވަޒީފާތަކުގަ ބޭރުގައުމުތަކުގަޔާ ވެރިކަން ނިމުނުފަހުން އަޑެއްބަޑެއްނީވޭމީހުން އޮފިހުގަ ނިދަނީތޯ
މާލޭގައި ބޮޑެތި ގެދޮރު ހުރިމީހުންގެ ހާލު. އަދި މަރުވީމަ އަނބިބްނަށްވެސް ރައްޔިތުން ހަރަދުކުރަންޖެހޭއިރު ހައްތަހާވެސް ބޮޑެތި ވިޔަފާރިވެރިންގެ އަންހެންދަރިންއެއީ.
ކުރީގައި ރާއްޖޭގެ ރައީސް ކަން ކުރުމަކީ އެއީ އެމީހަކަށް އުމުރަށް ސަރުކާރުން އެންމެ ލޯ ލާރި އެއް ވެސް ދޭން ޖެހޭނެ ކަމެއް ނޫނޭ އެކަން ކުރަން ފެނޭތޯ ބަލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންވީއޭ ދެން އަނެއް ކޮޅުން މިސަރުކާރުން މިހާރު ނޫހަށް އެކަނި މުއިއްޒު ގައިގައި ހުރި ބަނޑުއަކިރި ކަން ކަނޑުވަން މަހަކުދޭ 50 މިލިއަން ރުފިޔާ އެއީ ކިހާ ބޮޑުއަދެއްތޭ އެކަންވީ ނޫންތޭ ސަރުކާރުން ހާމަކުރަން ސަރުކާރާއި ދެކޮޅަށް ކުރާ ކޮމެންޓެއް ވެސް ޝާއިއު ނުކުރަން އެއްބަސްވެ ރައީސް އޮފީހުން މަހަކު 50 މިލިއަން ރުފިޔާ މިހާރު ނޫހަށް ދީގެން އެނޫސް ހިންގުމަށް ވުރެން ބޮޑަށް އެހުރިހާ ނޫސްވެރިންނަށް ސަރުކާރުން މުސާރަ ދީގެން ސަރުކާރުގެ އަމިއްލަ ނޫހެއް ހިންގިއްޔާ މާބޮޑަށް ތާހިރު ނޫންތޭ މުއިއްޒު އަކީ މިރާއްޖެ ދުށް އެންމެ ބޮޑަށް މަކަރާއި ހީލަތާއި އޮޅުވާލުމަށް މަސައްކަތްކުރާ ހަމައެކަނި މީހާއޭ އޭނާ ޖެހޭނީ އިސްތިއުފާދޭން މިހާރުން މިހާރަށް މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ