ޚަބަރު

އެމްއެމްއޭއަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

Ads by Sosun Fihaara

އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން އެ އިދާރާގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. އެއީ 55،000 ރުފިޔާގެ މުސާރައެއް ލިބޭ ގޮތަށެެވެ.

އެހެން ނަމަވެސް އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ވެސް އެކަށީގެންވާ ޢަދަދެއްގެ ޝަރުތުހަމަވާ އެޕްލިކޭޝަން ލިބިފައި ނުވާތީ އެ އިއުލާން ބާތިލުކޮށް އަލުން އެ މަގާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލީ ކަމަށް އެމްއެމްއޭއިން ކުރި އިއުލާންގައި ބުނެފައި ވެއެވެ.

އެމްއެމްއޭއިން މެނޭޖަރުން ނަގަން ނިންމާފައި ވަނީ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް، ފައިނޭންޝަލް ސްޓެބިލިޓީ، ންކިން އޮޕަރޭޝަންސް، ކޯޕޮރޭޓް ސަރވިސަސް އަދި ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓްގެ ދާއިރާއަށެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ފިނޭންސް، ބޭންކިން، އިކޮނޮމިކްސް، އެކައުންޓިން، ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މާލީ ދާއިރާގައި ފަސް އަހަރުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.

މިއަދު އަލުން އެ މަގާމުތަކަށް ހުޅުވާލިއިރު ވެސް މުސާރައާ އިނާޔަތްތަކުގައި ގޮތުގައި ކަނޑައަޅާފައި އޮތީ 55،000 ރުފިޔާ އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މި މަހުގެ 17 އާ ހަމައަށެވެ.

  1. ޔޯގަޓު

    ފައްކާ ފީޗަރޑ އިމޭޖެއް