ޚަބަރު

ބުރިޖު އެޅޭނެކަމަށް ޔާމީންވެސް ބައެއް މިިނިސްޓަރުންވެސް ގަބޫލެއް ނުކުރައްވާ: އަދީބު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެއާއި ހުޅުލެ އަދި ހުޅުމާލެއާއި ދެމެދު ހެދި ސިނަމާލެ ބުރިޖު އެޅޭނެކަމަށް ރައީސް ޔާމީންއާއި ބައެއް މިިނިސްޓަރުންވެސް ކުރިން ގަބޫލުނުކުރައްވާ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގައި ނާއިބު ރައީސްގެ މަގާމު ކުޑަ ދުވަސްކޮޅަކަށް ފުރުއްވި އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އެ ބުރިޖު ހެދިއިރު ބުރިޖުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ނެވެ.

އެހެން ނަމަވެސް އެ ބުރިޖުން ލޭނެއް މަދުވިކަމަށް ބުނެ ރައީސް ޔާމީން ވަރަށް ބޮޑަށް ކޯފާ އިސްވެ ރައީސް މުއިއްޒުއަށް ބަވާލެއްވި މައްސަލަ ފެންމަތިވެފައިވާ މި ދުވަސްވަރު އަދީބު މިރޭ ވަނީ ރައީސް މުއިއްޒު ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

އަދީބު މިރޭ ސޯޝަލް މީޑީއާއަށް ދޫކޮށްލެއްވި ވީޑިއޯއެއްގައި ވިދާޅުވީ އެ ބުރިޖުގެ ނެގޯސިއޭޝަންގެ މަސައްކަތްތަކުގައި ވެސް ރައީސް ޔާމީން ބައިވެރިވެނުލެއްވި ކަމަށެވެ. އަދި ރައީސް ޔާމީން އޭރު އުޅުއްވީ ތާސްކުޅުން ފަދަ ކަންކަމުގައި ކަމަށާއި އެކަމާ ގުޚޭ ބައްދަލުވުމުންތަކުގައި އުޅުއްވަން ޖެހިވަޑައިގަތީ ރައީސް މުއިއްޒުއާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފަދަ ބޭފުޅުން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

ހަމަ އެހެންމެ ބުރިޖާ ގުޅޭ ކޮންމެ ކަމެއްގައި ވެސް ރައީސް ޔާމީންއާ ވާހަކަ ދެއްކެވުމުން އެ މަސައްކަތުގައި އަދީބު އުޅެވަޑައިގަތުމަށް އެދި ވިދާޅުވެ އެކަމުގައި ރައީސް ޔާމީން ޝާމިލުނުވާ ކަމަށް އަދީބު ވިދާޅުވި އެވެ.

"އެއީ ރައީސް ޔާމީންވެސް ގަބޫލު ނުކުރައްވާ ބްރިޖް އެޅޭނެ ކަމަކަށް، ވަރަށް ގިނަބަޔަކު ގަބޫލު ނުކުރޭ އަޅުގަނޑު އޭރު ބުނަމުން ދިޔައީ ކޮންވިކްޝަނާއެކު މިއީ ޔަގީން ބްރިޖެކޭ. އެހެން ނަމަވެސް ވަރަށް މަދު ބައެއް އޭރު ރައީސް އޮފީހުން މުހައްމަދު ޝަރީފް އަދި މިއަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ އިންޖިނިއަރިންގެ މަދު ބަޔަކު ގަބޫލު ކުރެއްވީ،". އޭނާ ވިދާޅުވިއެވެ.

ބުރިޖުން މަދުވި ކަމަށް ބުނާ ލޭންގެ ތުހުމަތުތަކަށް ވެސް އަދީބު ރައްދު ދެއްވި އެވެ. އަދީބު ވިދާޅުވީ ބައިސްކަލާއި ޖޮގިންެ ކަންކަމަށް ރާވައިފައި އޮތީ އެއް ލޭން ކަމަށާއި އެހެން ނަމަވެސް އެ ތަނުގައި ބައިސްކަލް ދުއްވަން ނުޖެހޭނެ ކަމަށް ނިންމެވީ ވެސް ރައީސް ޔާމީން ކަމަށެވެ. އެކަމަކު އެމަނިކުފާނު ނިންމަވާ ނިންމެވުން ހަނދާން ނުހުންނަނީ ކަމަށް އަދީބު ވިދާޅުވި އެވެ.

  1. ހައްވަ

    އަދީބު މިހާރު ހުދު ފޮތިކޮޅަކަށް ވެގެން އަނގަފެޅީދޯ؟ ކޮބައިތަ ދިރުވާލި ރައްޔިތުންގެެ ފައިސާތައް؟