ޚަބަރު

ފޮޅާ ސާފުކުރާ ހިދުމަތުން ފުރަތަމަ ސްޓޭޖުގައި ހަތް މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ: ވެމްކޯ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވެމްކޯ އެމްޑީ މުޖުތަބާއި ޖަލީލު، ފޮޓޯ": ވެމްކޯ

ވެމްކޯއިން އަލަށް ފަށައިގެން އުޅޭ ފޮޅާ ސާފުކުރުމުގެ ހިދުމަތުން ފުރަތަމަ ސްޓޭޖުގައި ހަތް މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ޕީއެސްއެމުން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މުޖުތަބާ ވިދާޅުވީ ފޮޅާ ސާފުކުރުމުގެ ހިދުމަތް ފަށައިގެން ފުރަތަމަ ސްޓޭޖުގައި ސަރުކާރުގެ ހަ ތަނެއްގައި އެ ހިދުމަތް މިހާރު ދެމުން ގެންދާ ކަމަށެވެ.

އަދި ކުރިއަށް އޮތް ދެ މަސް ތެރޭގައި އިތުރު 10 ކުންފުންޏަކަށް އެ ހިދުމަތް ދޭން ފަށާނެ ކަަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.

އެއާއެކު ފުދޭ ވަރެއްގެ ބޮޑު އާމްދަނީއެއް ވެމްކޯއަށް އިތުރަށް ވެއްދޭނެ ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަންދާޒައަކީ ހަތް މިލިއަނަށް އިނީޝިއަލް ސްޓޭޖުގައި ވެސް ގެންދެވޭނެޔޭ. މީގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުން ކުރާ ހޭދައަށް ވެލިއު ފޯ މަނީގެ މެކޭނިޒަމްގެ ދަށުން ކުރިއަށް ގެންދިއުން" އޭނާ ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވީ ފޮޅާ ސާފުކުރުމުގެ ހިދުމަތް ޕްރައިވެޓް ސެކްޓާއިން ވެސް ދޭ ކަމަށާއި އެހެން ނަމަވެސް އެ މީހުން އެ މަސައްކަތް ކުރަނީ ބިޑުކޮށްގެން ވަރަށް ކުޑަ އަގެއް ހުށަހަޅައިގެން ކަަމަށެވެ. އެހެންވެ ކުރަން ޖެހޭ ހަރަދާއި އަޅާ ބަލާއިރު އެކަށީގެންވާ ވަރުގެ އާމްދަނީއެއް ވެސް ނުލިބޭ ކަމަށެވެ، އެއާއެކު ހިދުމަތް އެފަދަ ޕްރައިވެޓް ކުންފުނިތަކަށް ނުދެވޭ ކަމަށެވެ.

އެހެންކަމުން ވެމްކޯއިން ފޮޅާ ސާފުކުރުމުގެ ހިދުމަތް ދޭނީ ކޮލިޓީ ހިދުމަތެއްގެ ގޮތުގައި ކަމަށާއި އަދި ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން ކަމަށް އެމްޑީ ވިދާޅުވި އެވެ.

އޭގެ އިތުރުން އެ މަސައްކަތަށް ބޮޑަށް ނަގާނީވެސް ދިވެހީން ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!