ޚަބަރު

ޒަމީރުގެ ޔޫއޭއީ ދަތުރުފުޅު ނިންމަވާލައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫއޭއީ) އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

Ads by MWSC

ފޮރިން މިނިސްޓްރީން މައުލޫމާތު ދިިން ގޮތުގައި ޒަމީރު ވަނީ ޔޫއޭއީގެ ބޮޑުވަޒީރުގެ ނާއިބު އަދި ފޮރިން މިނިސްޓަރު ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި އައު ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ޔޫއޭއީގެ ރައީސް  ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހުޔާނަށް އެޑްރެސްކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީއެއް ވެސް އެ ގައުމުގެ ފޮރިން މިނިސްޓަރަށް މިނިސްޓަރު އެރުވި އެވެ.

މީގެ އިތުރުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ މިނިސްޓަރު ޒަމީރު ބައްދަލު ކުރެއްވި އެވެ. އަދި ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީއަށް ޒިރާޔަތްކުރައްވައި ސަފީރާއި މުވައްޒަފުންނާ ބައްދަލު ކުރެއްވި އެވެ.

މިނިސްޓަރު ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަހުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދު؛ އަދި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގެންނެވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!