ސަމާހު މަރުވި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާގެ ވަނަވަރު އާއްމުކޮށްފި
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ރޭ ދަންވަރު ދިޔަ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެ ކާރު ދުއްވަން އިން މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
އެ ކާރު ދުއްވަން އިނީ އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިއްދީގެވެ. އޭނާ މިވަގުތު ހުރީ ފުލުހުންގެ ހައްޔަރުގައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ މެންދަމު 02:48 ހާއިރު ކަމަށެވެ.
އެކްސިޑެންޓުގައި ސަމާހަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އެގޮތުން އޭނާގެ ބޮލަށާއި މޫނަށް އަނިޔާވިއިރު، ގިނަ އަދަދަކަށް ލޭ ވެސް ހަށިގަނޑުން ބޭރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި އެކްސިޑެންޓް ހިނގުމާ އެކު ސަމާހަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
މީނަ ހުންނާނީ ހަމަހޭގަ އެއްނޫން . އުމުރަށް ޖަލަށްލާންވީ
ނުވާނެ
ޖަލަކަށް ނޫން ލާންވީ. މަރަށް މަރު އޮންނަންވާނީ.
ކާރަކަށް އަރައިގެން އައިސް މީހަކު މަރާލީމާ އެމީހާގެ ވަނަވަރު ހާމަކުރުމަކީ ވެސް ވަރަށް ބޮޑު އަދަބެއްދޯ.
ކާރު ދުއްވަން އިން ޒުވާނާގެ އަތުގައި ލައިސަންސް އޮވޭބާ؟….ނޫނީ ޒަމާނުގެ ޒުވާނެއްބާ؟
ޚަބަރު ތައް ކިޔާލި ނަމަ ލައިސެންސް ނެތް ކަން އެނގުނީސް
ވަނަވަރެއް ނޫން ބޭނުމީ. ތިކަހަލަ މަރުމޯލުން ހައްޔަރު ކުރަންވީ އުމުރަށް
ހައްޔަރުތަ ކުރަންވީ. މަރަށް މަރު ހިފަންވީ.
މިހާރުސަރުކާރުންވެއްޖެއެއްނުތިކަމަށް
ވަކިރަށެއްހިއްކަން ހަމައެކަނިރޭސްޖަހަން
ދިވެހިރާއްޖޭގައި ފައިސާހުރެގެން ނުވާނެ އެއވެސްކަމެއް ނެތް! 20-25 އަހަރުގެ ޒުވާނުން މިލިއަން ރުފިޔާގެ ކާރު ދުއްވިޔަސް އެއީ ހަމަ ހަލާލު ފައިސާ! ސްޕޯޓްސް ކާރު އެހެން ގައުމުތަކުގައި ގެންގުޅެނީވެސް ދުއްވަނީވެސް ފައިސާވެރިން. އެކަހަލަ ކާރުތައް ޑިއުޓީ %500 އަށް ބޮޑުކުރަން ސަރުކާރަށް ގޮވާލަން. ދުރާލާ ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިއްމު. ފުލުހުންވެސް ގިނައިން ފިނި ކާރު ދުއްވުން މަދުކޮށް ޕެޓްލޯލް ކުރުން ގިނަކުރަން ވެއްޖެ!
500% ބޮޑުކުރިޔަސް އެމީހުން ގަންނާނެ
ހަސަންޓޭ. އެބުނީ 100 ގެ ވާހަކައެއް. އެހެން ނުހަދާ މިކަންކަން ހައްލެއް ނުވާނެ
ސަމާހު މަރުގެ ދިޔަ ވަރުތަވެރިންނަށް ދޭން ޖެހޭ
މިމީހާ މާދަމާ ދޫކޮށްލާފަ، އަނެއްދުވަހު އައްޔަން ކުރާނީ ސިޔާސީ މަގާމަކަށް. ‘ދިވެހީންގެ ރާއްޖެ’ މިހާރުހިނގަނީ މިހެން.
މި ރޭހެއް ޖަހަން ވަކިން ރަށެއް ހަދާފަ ލާބަލަ އާމު މީހުން ނޫޅޭ.. އޭރަށް މި އެއްޗެން އެއްޗެހިން އެއްކާރު އަނެއް ކާރާ ތެޅި މަރުވެ ދާނެ އެންނު.. ދުއްވާފަ ދާއިރު މޭގަނޱު އަނގައިން ނުކުންނަ ހެންވެސް ހީވެ އެހާ ބާރަށް ދުއްވާލާފަ ދާނެ…. އުމުރަށް ޖަލަށްލާ…
ސަރުކާރުން މިހާރުވެއްޖެ ރޭސިންގްޓްރެކްއެއް މާލޭ ސަރަހައްދާ އައްޑޫ އަދި ފުއައްމުލަކުގަ ހަދަން އަދި ހަދާ ޓްރެކްތަކުގަ މުބާރާތްތައްބާއްވާ ހަދަން އަދި އެނޫންތަނެއްގައި ބާރުސްޕީޑްގައި ދުއްވާނަމަ ބޮޑުޖޫރުމަނާއަކާ ޖަލުއަދަބެއް ދޭގޮތައް ގަވައިދެއްފާސްކޮއް އަމަލިކުރަންޖެހޭއެބަ
ޜޭސް ޖަހަންޖެހޭތަ ހަމަ… އަގަޔާ އަތާ ދިމާނުވެގެން އުޅޭއިރު ..ރޭސްޖަހާ ފެންވަރެއްނެތް .. ޒިންމާދާރުކަމެއްނެތް… ޒުވާނުންނޯ ..އަމިއްލަ ހާލައިގެން އުޅޭކަށްނޭގެ ..އެހާމެ ބޮޑާ ކިބުރުވެރި
ޜޭސް ޖަހަންޖެހޭތަ ހަމަ… އަގަޔާ އަތާ ދިމާނުވެގެން އުޅޭއިރު ..ރޭސްޖަހާ ފެންވަރެއްނެތް .. ޒިންމާދާރުކަމެއްނެތް… ޒުވާނުންނޯ ..އަމިއްލަ ހާލައިގެން އުޅޭކަށްނޭގެ ..އެހާމެ ބޮޑާ ކިބުރުވެރި
އިސްލާމްދީނުގައޮންނީމަރަށްމަރުހިފުން