ދައުރުވާ ވީޑިއޯގައި ފެންނަނީ ނައްތާލަން ގެންދިޔަ ވެހިކަލްތަކެއް: ޕޮލިސް

ޕޮލިސް ޓޯޔާޑުގައި ހުރި ވެހިކަލްތަކަކަށް ފުލުހުން ގެއްލުންދޭ މަންޒަރު ކަމަށް ބުނެ ދައުރުވާ ވީޑިއޯ ގައި ފެންނަ ވެހިކަލްތަކަކީ ނައްތާލަން ގެންދިޔަ ވެހިކަލްތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭ މެރީބްރައުން ކައިރީގައި ހުންނަ ފުލުހުންގެ ޓޯޔާޑަށް ގެންދިޔަ ސައިކަލުތަކެއް ޕިކަޕަކުން ބާލުވާ މަންޒަރު ފެންނަ ވީޑިއޯ އެއް ދަނީ ދައުރުވަމުންނެވެ. އެތަނުން ސައިކަލެއްގައި ފުލުސް އޮފިސަރަކު ފައިން ޖަހާ ސައިކަލެއް ބިން މައްޗަށް ވައްޓާލާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ އުޅަނދުތަކަކީ ގަވައިދުގެ ތެރެއިން ނައްތާލަން ހަމަޖެހިފައިވާ ވެހިކަލްތަކެއް ކަމަށެވެ.
އިއްޔެ ނައްތާލެވުނު ވެހިކަލްތަކުގެ އަދަދު:
ސައިކަލު: 247
ހަތަރު ފުރޮޅުލީ އުޅަނދު: 29
ބައިސްކަލު: 223
އެމްބިއުލާންސް: 1