Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ވަކިކޮށްފި 

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ވަކިކޮށްފި 

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް އަބްދުލް ޣަފޫރު މަގާމުން ވަކިކޮށްފި އެވެ.

ގާނޫނުން ރައީސަށް ލިބިދީފައިވާ ބާރުގެ ދަށުން އެ މަގާމުން ޔޫސުފް ވަކިކޮށްފައިވާކަން "ދެން އޮންލައިން" އަށް އެނގިފައިވީ ނަމަވެސް ސަބަބެއް ސާފެއް ނުވެ އެވެ.

އެނގިފައިވާ ގޮތުން ސްޓޭޓް މިނިސްޓަރުގެ މަގާމުން ޔޫސުފް ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Advertisement
Ooredoo — Truecaller (box)

އެ މިނިސްޓްރީގެ ވެބްސައިޓުން ދައްކާ ގޮތުން 6 ސްޓޭޓް މިނިސްޓަރަކު އެބަތިއްބެވެ. އަދި 17 ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބެވެ.

ލ. ގަމަށް ނިސްބަތްވާ ޔޫސުފް އެ މަގާމުން ވަކިކޮށްފައިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރު ރައީސް ނިންމަވާފައިވަނިކޮށެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ މަގާމު އަދާކުރައްވާފައިވާ ޔޫސުފަކީ ގާނޫނީ ވަކީލެކެވެ.

އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރުކަން އަދާކުރެއްވި ބޭފުޅެއްވެސްމެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް