ޚަބަރު

ހަށި ވިއްކާ ކަމަށް ބުނެ އަންހެނަކާ ގުޅިގެން ބައި ލައްކަ ރުފިޔާ ފޭރުނު ފިރިހެން މީހާ ވެސް ހައްޔަރުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ/ ޝަހީދު އާދަމް ބިލްޑިން/ ފޮޓޯ: ދެން

ކޮޓަރިއަކަށް ދާން ފިރިހެނަކަށް ދައުވަތު ދިނުމަށް ކޮޓަރިއަކަށް ގެންގޮސް ބައި ލައްކައެއްހާ ރުފިޔާ ފޭރުނު އަންހެން މީހާއާ އެކީ އެ ކުށުގައި ބައިވެރިވި ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހުގެ ބަންދެއް ޖެހި މީހާއަކީ ގއ. ކަނޑުހުޅުދޫ، ވިދާތަރި، އިކްލީލް އިބްރާހިމެވެ. އެއީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓު އަމުރުުގައި ބުނެފައިވާ ގޮތުގައި ފޭރުނު ފައިސާ ޖަމާކުރީ ވެސް އެ ފިރިހެން މީހާގެ އެކައުންޓަށެވެ.

އެ ފިރިހެން މީހާއަކީ މިފަދަ ކުށްކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

މި ކުށުގައި ބައިވެރިވި އަންހެން މީހާއަކީ އާއިޝަތު މަލްޖާ މޫސާ ދީދީ، ކުންނާރުގެ، ސ. މަރަދޫ އެވެ. އެއީ 27 އަހަރުގެ އަންހެނެކެވެ. އޭނާއަށް ވެސް މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން 15 ދުވަހުގެ ބަންދެއް ޖެހި އެވެ.

ފުލުހުން މިދިޔަ ހުކުރު ދުވަހު މި ކުށުގެ އިތުރު ތަފްސީލް ދެމުން ބުނީ އެއީ މިދިޔަ އޮގަސްޓް މަހު 26 ވަނަ ދުވަހު ރޭގަނޑު 9:30 ހާއިރު ހިނގި ކަމެއް ކަމަށެވެ.

ރަހީނުކުރި ފިރިހެން މީހާއާ އެ އަންހެން މީހާއާ ދިމާވީ އައިޖީއެމްއެޗް ކައިރިން ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ރޫމަކަށް ދިއުމަށް ދައުވަތު ދިނުމަށް ފަހު، ގެންދިޔައީ މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓް ހައުސަކަށް ކަމަށް ބުންޏެވެ.

ކޮޓަރިއަށް ގެންގޮސް ފިރިހެން މީހާގެ ފޯނާއި ކޭޝް ކާޑު އަތުލުމަށްފަހު ފޭރިގަތީ ޖުމުލަ 53،000 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ. އަންހެން މީހާ އެ ކަން ކުރީ އިތުރު ފިރިހެނަކާ ގުޅިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން އޭރު ބުންޏެވެ. މިއަދު ހައްޔަރުކުރީ އެ ފިރިހެން މީހާ އެވެ.

 

Ads by Ooredoo
  1. ޖައްސާށޭ

    ރާއްޖެތެެރޭ ރަށެއްގައި ކައުންސިލަރުން ތިބެން ޖެހޭނެއޭ ރަށުއޮފީހުގައި އެންމެ މީހަކު ހުރުމުން ވާނެއޭ އެކަން އެގޮތަށް ނުވާ ބަޔަކު ތިބި ނަމަ ގެއަށް ކަނޑާލަންވީއޭ ޒަމާން ކުރިއަރައިގެން ގޮސް އައިއޯޓީ މެދުވެރިކޮށް ގިނަ އިދާރީ ކަންކަން ކުރެވޭނެއޭ ދެން ރާއްޖެތެރޭ ރަށެއްގެ ރަށުއޮފީސް ގައި ކުރަން މާބޮޑު ކަމެއް ނޯވެއޭ ކިއެއްކުރާ ކައުންސިލަރުންތޭ ރާއްޖެތެރޭ ރަށްތައް އެއީ ދައުލަތުގެ ބަޖެޓަށް ދިމާވެފައިވާ ބޮޑުދުއްޕާނެކޭ ހުރިހާ ރަށްތައް ފަޅުކޮށް އެކަން އިއުލާން ކުރާށޭ މާލެ ސަރަހައްދަށް ހުރިހާ އާލާތުން ގެންނާށޭ…