ޚަބަރު

ވަޒީފާއިން މުސްކުޅި ކުރެވޭ އުމުރު 75 އަށް ބަދަލުކުރަން އިސް ރަށްވެހިންގެ ހިޔާލު ހޯދައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިސް ރަށްވެހިންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން---

ވަޒީފާއިން މުސްކުޅި ކުރެވޭ އުމުރު ބަދަލުކޮށް 75 އަހަރު ވަންދެން ވަޒީފާގައި ދެމިތިބެވޭ ގޮތް ހެދުމާ ގުޅޭ ގޮތުން އިސްރަށްވެހިންގެ ހިޔާލު ހޯދައިފި އެވެ.

Ads by STELCO

ދައުލަތުގެ ވަޒީފާއިން މުސްކުޅިކޮށްފައިވާ އަދި މުސްކުޅިކުރެވޭ ފަރާތްތަކުގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް ނުވަތަ ވަޒީފާއަށް އެނބުރި އައުމަށް އެދޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ އުމުރުން 75 އަހަރުވުމާ ހަމައަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދު ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމަށް، ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން ދައުލަތުގެ އެކި އިދާރާތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ.

އެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އިސް ރަށްވެހިންނާއެކު ބައްދަލުކޮށް އެ މީުންގެ ހިޔާލާއި މަޝްވަރާ މިއަދު ހޯދި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ބައްދަލުވުންތަކުގެ މަގުސަދަކީ އެ އިދާރާތަކުގައި ވަޒީފައިން މުސްކުޅިކުރެވޭ ނުވަތަ ވަޒީފާގައި ދެމިހުރެވޭ އެންމެ ދޮށީ އުމުރާ ގުޅޭ ގޮތުން އެ އިދާރާތަށް އަމަލުކުރަމުންގެންދާ ގަވާއިދުތަކާއި އުސޫލުތަކުގެ މައުލޫމާތު ހޯދުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އަދި އެ މިނިސްޓްރީއިން އެކުަލަވާލާފައިވާ ބިލުގެ ބިލުގެ ފުރަތަމަ ދެލިކޮޕީ ނުވަތަ ޑްރާފްޓާ މެދު އެ އިދާރާތަކުން ދެކޭ ގޮތް ހޯދުން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!