Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޒަކިއްޔާގެ ހަށިގަނޑު މާލެ ގެންނަނީ 

ޒަކިއްޔާގެ ހަށިގަނޑު މާލެ ގެންނަނީ 

މިއަދު ހެނދުނު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަ, އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެ ގެންނަން މިރޭ ފުރުވާލައިފި އެވެ.

ފުލުހުންގެ ތަހުގީގު ބޭނުމަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ފުރުވާލައިފައިވާކަން އެ ރަށު ކައުންސިލުގެ ރައީސް ރިލްވާނު މުހައްމަދު ވަނީ "ދެން އޮންލައިން" އަށް ޔަގީންކޮށްދީފަ އެވެ.

އެކަމަކު ހަށިގަނޑު މާލެ ގެންނަނީ ޕޯސްޓު މޯޓަމް ހަދަން ފޮނުވަކަން އަދި މިހާތަނަށް ވަނީ ކަށަވަރު ނުވެފަ އެވެ.

Advertisement
Ooredoo — Square (box)

މިއަދު ހެނދުނު ޒަކިއްޔާ ދިރިއުޅެމުން އަންނަ އެ ރަށު ނިއުލައިފް ގޭގެ ގުދަނުގެ ތެރޭގައި ޒަހަމްތަކަކާއެކު އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ކުނި ނަގަން ދިޔަ ބަޔަކަށެވެ. އޭނާގެ ކައިރީގައި ވަޅިއެއް އޮތްއިރު ގިނަ އަދަދަކަށް ލޭވެސް ހުރި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދީފައިވެ އެވެ.

ޒަކިއްޔާގެ ބޮލުގައި ޒަހަމްތަކެއް ލިބިފައިވާއިރު ވަޅިން ކަރަށް ދީފައިވާ ހަމަލާއިން ނޭވާ ހޮޅިވެސް ބުރިވެފައިވާކަން ނަން ނުޖެހުމަށް ޝަރުތުކޮށް "ދެން" އާ ވާހަކަ ދެއްކި މީހަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ މައްސަލާގެ ތަހުގީގު ކުރުމަށް މާލެއިން ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް ހޮޅުދޫއަށް މިއަދު ގޮސްފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް