Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޒަކިއްޔާ ހަށިގަނޑު އަނބުރާ ހޮޅުދޫ އަށް، މިއަދު މެންދުރު ވަޅުލަނީ 

ޒަކިއްޔާ ހަށިގަނޑު އަނބުރާ ހޮޅުދޫ އަށް، މިއަދު މެންދުރު ވަޅުލަނީ 
މިދިޔަ އަންގާރަ ދުވަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަ, ޒަކިއްޔާ މޫސާ (50އ) ގެ ހަށިގަނޑު އަނބުރާ ރަށަށް ގެންގޮސްފި އެވެ. ފުލުހުންގެ ތަހުގީގަށް ބޭނުވާ ޓެސްޓްތައް ހެދުމަށް ޒަކިއްޔާގެ ހަށިގަނޑު އަންގާރަ ދުވަހުގެ ރޭ މާލެ ގެނަ އެވެ. މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޓެސްޓުތަކަށް ފަހު ޒަކިއްޔާގެ ހަށިގަނޑު އަނބުރާ އެ ރަށަށް ފޮނުވާލާފައިވާ ކަމަށެވެ. ހޮޅުދޫ ކައުންސިލްގެ ރަައީސް ރިލްވާން މުހައްމަދު "ދެން އޮންލައިން" އަށް ވިދާޅުވީ މިއަދު ހެނދުނު 8:30 ހާއިރު ޒަކިއްޔާގެ ހަށިގަނޑު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ހިނެވުމުގެ ކަންކަން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. ރިލްވާން އިތުރަށް ވިދާޅުވީ ޒަކިއްޔާގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު ކަމަށެވެ.
"އިތުރު މައްސަަލައެއް ދިމާނުވަންޏާ މެންދުރުނަމާދަށްފަހު ވަޅުލަން ނިންމާފައިވަނީ"
އަންގާރަ ހެނދުނު ޒަކިއްޔާ ދިރިއުޅެމުން އަންނަ އެ ރަށު ނިއުލައިފް ގޭގެ ގުދަނުގެ ތެރޭގައި ޒަހަމްތަކަކާއެކު އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ކުނި ނަގަން ދިޔަ ބަޔަކަށެވެ. އޭނާގެ ކައިރީގައި ވަޅިއެއް އޮތްއިރު ގިނަ އަދަދަކަށް ލޭވެސް ހުރި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދީފައިވެ އެވެ. ޒަކިއްޔާގެ ބޮލުގައި ޒަހަމްތަކެއް ލިބިފައިވާއިރު ވަޅިން ކަރަށް ދީފައިވާ ހަމަލާއިން ނޭވާ ހޮޅިވެސް ބުރިވެފައިވާކަން ނަން ނުޖެހުމަށް ޝަރުތުކޮށް "ދެން އޮންލައިން" އާ ވާހަކަ ދެއްކި މީހަކު މައުލޫމާތު ދީފައިވެ އެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ނުވާއިރު އޭނާ ޕޯސްޓްމޯޓަމް ހަދާފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް