Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާއްޖެއިން އެމްޕޮކްސް ކޭސްއެއް ފެނުނު ވާހަކަ ދޮގުކޮށްފި

ރާއްޖެއިން އެމްޕޮކްސް ކޭސްއެއް ފެނުނު ވާހަކަ ދޮގުކޮށްފި

އެފްރިކާގެ ބައެއް ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ މަންކީޕޮކްސްގެ ކޭސް އެއް ރާއްޖެއިން ފެނުނު ވާހަކަ ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ދޮގުކޮށްފި އެވެ.

އެޗްޕީއޭއިން ''އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެއިން އެމް-ޕޮކްސްގެ ކޭހެއް ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"މިއަދުގެ ނިޔަލަށް (13 ސެޕްޓެމްބަރު) ރާއްޖެއިން އެމްޕޮކްސްގެ ކޭހެއް ރިކޯޑް ކުރެވިފައެއް ނުވޭ" އެޗްޕީއޭގެ ޓްވީޓުގައި ބުންޏެވެ.

Advertisement
Allied Insurance — Square (box)

ރާއްޖޭގައި އެމްޕޮކްސް އަށް ޓެސްޓު ކުރަން ބޭނުންވާ ޓެސްޓު ކިޓްތައް ޑަބްލިއުއެޗްއޯއިން ވަނީ ދާދި ފަހުން ހަވާލުކޮށްފަ އެވެ.

https://twitter.com/abkhaleel/status/1834491804110266392

އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގަ އެވެ. އެއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. އެބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް އަހަރު އެބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފަ އެވެ.

މި އަހަރު މިހާތަނަށް ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްހީނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް