ހިޔާ ފްލެޓަކުން އެހީއަށް އެދި ރޮމުން ދިޔަ އަންހެނަކު ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓަކުން އެހީއަށް އެދި ރޮމުން ދިޔަ އަންހެނަކު ސަމާލަތްކޮށް، އެ މީހާ ރަހީނުކޮށްގެން އުޅުނު ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ މާލެ، ހ. ލާމިޔާ، އަހުމަދު އުވައިސް (20 އަހަރު) އަދި މާލެ، މއ. ތްރީ މޫންސް، މުހައްމަދު މުމީތު (39 އަހަރު) އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތް ކުރުމަށް އެދި އަންހެނަކު ގޮވައި ރޯ އަޑު އިވޭތީ ފުލުހުން އެ އެޕާޓްމަންޓްއަށް ދިޔަ ކަމަށެވެ.
އަދި ފުލުހުން އެ ތަނަށް ގޮސް ދޮރު ހުޅުވަން ބުނުމުން ފިރިހެނަކު ދޮރު ހުޅުވި ކަމަށާއި އަދި އެތަނުގައި ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރު ލައްޕައި ތަޅުލި ކަމަށެވެ.
ފުލުހުން ބުނީ އޭގެ ފަހުން ވެސް އަންހެން މީހާ ހަޅޭލަވަމުން ދިޔަ ކަމަށާއި އެހެންވެ ދޮރު ހުޅުވުމަށް އެދުމުން ދޮރު ނުހުޅުވައި ތިބުމުން ބާރުގެ ބޭނުންކޮށް ދޮރު ހުޅުވައި އެ ތަނަށް ވަދެ އަންހެން މީހާ ސަލާމަތް ކުރި ކަމަށެވެ. އަދި ރަހީނު ކުރުމުގައި އުޅުނު ދެ މީހުން ހައްުޔަރުކުރި ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.