ރިޕޯޓް

‎ކޮންމެ ލޭތިއްކަކީ ހާދަ މާތް ސަދަޤާތެކެވެ.

މަނާލް ޒާހިދު ފަހުމީ ، ދެން އޮންލައިން

"ހޮސްްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ބަލި މީހަކަށް ލޭ ބޭނުން ވެއްޖެ." މިއީ ކޮންމެ ދުވަހަކުހެން ފޭސްބުކް ސްޓޭޓަސް ތަކުން ނުވަތަ ވައިބާ ގުރޫޕު ތަކުން ފެނިގެންދާ ވާހަކައެކެވެ. އެހެންނަމަވެސް މި މެސެޖުތަކަށް ގިނަ ބަޔަކު މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ތިމާގެ އާއިލާ ނުވަތަ ގާތް މީހެއް ނޫން ނަމަ އަޅާވެސް ނުލާ ދޫކޮށްލަނީއެވެ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢަށް ބަލާލިޔަސް، ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން ގިނަ ބަޔަކަށް ނޭނގޭ ކަހަލައެވެ.

ލޭ ހަދިޔާ ކުރާމީހުން އަތަށް ކަށްޓެއް ހަރާލާފައި ލޭ ނެގުމުން އެ ނިމުނީކަމުގައި ތިބާއަށް ހީވެފައި އޮވެދާނެއެވެ. ނަމަވެސް ދަންނަަވަން ހެއްޔެވެ. ހަޤީގަތުގައި މިއީ ތި ހީކުރާހާ ފަސޭހައިން ނިމެން އޮތް ކަމެއް ނޫނެވެ. ތިހީކުރާހާ ކުޑަކުޑަ ކަމެއް ވެސް ނުމެ ނޫންމެއެވެ. ވިސްނާލާށެވެ. ލޭ ހަދިޔާ ކުރާމީހާ އަމިއްލަ އެދުމެއްނެތި، ހަދިޔާ އެ ކޮށްލަނީ ހަށިގަނޑުން ބައެއް ކަމާމެދު ޝައްކެއް ނެތެވެ.

މި ނިމުނީއެއް ނޫނެވެ. ލޭ ހަދިޔާ ކުރުމަށްޓަކައި ލޭ ނަގާ މީހާ ކަޑައްތު ކުރާ މަރުހަލާ ތަކަކީ އެއްވެސް ހާލެއްގައި ފަސޭހަ މަރުހަލާ ތަކެއް ނޫނެވެ. ތަދާއި ވޭން އޭގައި އެކުލެވިގެންވާ އިންސާނިއްޔަތުގެ ރީތި ނަމޫނާއެކެވެ. އެހާ ބުރަކޮށް އުޅެމުން ވެސް، ދިރި ހުރި ފުރާނައަކަށް އެހީތެރިވެ ދިނުމަށްޓަކައި ވަގުތު ހުސްކޮށް އެ އަންނަނީ އެހާ މާތް މަޤުސަދެއްގައެވެ. 

އާދޭހެވެ. ލޭ ނަގަން ޖަހާ ކަށްޓަކީ އާދައިގެ ކަށިތަކަށްވުރެ މާ ބޮޑު ކަށްޓެކެވެ. އެކަށިން އެހާ ވޭން އަޅާނެއެވެ. ބައެއް ފަހަރު އެތަން ފާރުވެ، އެތަަނުން ލޭ މަނާ ނުވެ ދެއެވެ. މީގެ އިތުރުން، ލޭ ނެގުމުގެ ސަބަބުން ބޮލަށް އެނބުރުން އަރާ ފަހަރު ވެސް މަދެއް ނޫނެވެ. މިކަން މިހެން އޮތް ކަން އެނގިހުރެ ވެސް، އެއްވެސް ޖެހިލުމެއްނެތި އެމީހުން އިންސާނިއްޔަތަށްޓަކައި އެ ކޮށްދެނީ ހަޤީގަތުގައިވެސް ޝުކުރު ހައްޤު ކަމެކެވެ. 

ލޭ ހަދިޔާ ކުރާ މީހުންގެ ދީލަތި އެހީގެ ސަބަބުން ކިތައް ފުރާނަ ސަލާމަތް ވެގެން ދާނެ ހެއްޔެވެ؟ މާތް اللّٰه އެ މީހުން ކުރަމުން ދާ މަތިވެރި މަސައްކަތުގައި ބަރަކާތް ލައްވާނދޭވެއެވެ. އާމީން!

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!