ޚަބަރު

ހައްލަކީ އިސްލާމީ ޝަރީއަތް, އެކަން ތަންފީޒް ވެރިޔަކީ އަޅުގަނޑު: އުމަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
"ދެން"ގެ ޕޮޑްކާސްޓްގައި އުމަރު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ ސިޔާސީ މައިދާނުގައި އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް މަރަށް މަރު ހިފަން ކެރޭނެ އެއްވެސް ވެރިޔަކު ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އުމަރު މިހެން ވިދާޅުވީ "ދެން" އިން ސިލްސިލާކޮށް ގެނެސްދޭ ހަވާސާއިން ބޭރުން ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑަކަށް ނުފެނޭ އިނގޭތޯ މިވަގުތު ސިޔާސީ މައިދާނުގައި ތިއްބެވި އެއްވެސް ވެރިޔެއްގައިގައި އެވަރުގެ ފަންވަރެއް ހުންނަތަނެއް" އިސްލާމީ ޝަރީއަތުގައިވާ މަރަށް މަރު, އަދި އަތް ކެނޑުންފަދަ އަދަބުތައް ދިނުމަށް ސަރުކާރުތަކުން ނުކުޅެދިފައިވަނީ ކީއްވެތޯ ސުވާލު ކުރުމުން އުމަރު ވިދާޅުވިއެވެ.

"ހުރިހާ ވެރިން ވެސް އެކަމަށް ތާއީދު ކުރާނެ, ހިތުގަ އެހެން އެއްޗެއް އޮތަސް ބުނަން ޖެހޭނީ ތިމަންނަ ތާއީދު ކުރަމޭ. އިސްލާމީ ޝަރީއަތުގައި އެގޮތަށް އޮންނާތީ" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ, އެމަނިކުފާނު މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ރާއްޖޭގައި ގިސޯސްް ހިފުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެކަމަށް އަންނަ ޕްރެޝަރު އެގިގެން ދިޔަ ކަމަށެވެ.

"އަޅުގަނޑު މަރުގެ ހުކުމް ތަންފީޒް ކުރަން އުޅެން ފެށީމަ ބައިނަލްއަގްވާމީ ޕްރެޝަރުތައް އެބަ އާދޭ, ލޯކަލް ޕްރެޝަރެއް ނޫން, ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އީޔޫއާ ތަންތަނުން. އޭރު އަޅުގަނޑު ހުރީ އެކަމަށް ފޭސް ކުރަން" އުމަރު ވިދާޅުވިއެވެ.

އުމަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, މިހާރު ރާއްޖޭގައި ޕޮލިޓިކަލް މީހުންނަކީ ފުށްގަނޑެއް ކަހަލަ ބައެއް ކަމަށެވެ. އަދި އެވަރުގެ ޕްރެޝަރެއް ހޭންޑަލް ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ވެރިކަމަށް އައުމަށްފަހު, ދޫވެފައި ހުރި ހުރިހާ އިސްކުރެއް ބާރު ކުރާނަން. އެދުވަހު މަސްތުވާ އެއްޗެހި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ވެސް ދޭނެ. މަސްތުވާ އެއްޗެހި މަގުމަތީގައި ވިއްކާކަށް ވެސް ނޫޅެވޭނެ. މަގުތަމަތީގައި މަސްތުވާ އެއްޗެހި ވިއްކައިފިއްޔާ ދެވަނަ ދުވަހު އޭނާ ނުހުންނާނެ އެ ވިއްކާކަށް." އުމަރު ވިދާޅުވީ ހައްލު ކުރެވޭނީ އޭނާއަށް ކަމަށެވެ.

Ads by Allied Insurance
  1. ތީތެދެއް އުމަރު އިރާދަކުރެއްވިއްޔާ ދެންފަހަރަކުން

  2. ދެން ހަމަ ދީނީ އެއްވެސް މައުލޫމާތެއް ލިބިފަ ނެތް ބައެއް ކަމަށް ދެކިގެން ދީން ވިއް ކައިގެން އުމަރު ވެރިކަން ހޯދި ދާނެ ކަމަށް ތި އުޅެނި އުމަރު ދެން ހާދަ ގަމާރެ! ދީން ވިއްކައިގެން ކިރިޔާވެސް އަނދުނެއް ދެތިން މީހެއްގެ ލޮލުގަ އެޅުވުނީސް ފުރަތަމަވެސް ހަރުގނޑު ހިފައިގެން ވިއްކަން ނުކުތް ނަމަ.