ޚަބަރު

ޔާމީންގެ ތުހުމަތުތައް ކުށްވެރިކޮށް, ފަހުމީ ވިދާޅުވީ ބިލް ކުރަނީ ރީޑިންއަށް ބެލުމަށްފަހު ކަމަށް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަޙްމީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.. ދެން އިމޭޖްސް

ސްޓެލްކޯއިން ކަރަންޓް ބިލު ހަދަނީ މީޓަރުގެ ރީޑިންއަށް ބެލުމަށްފަހު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ފަހުމީ މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުالله ޔާމީން, ސްޓެލްކޯއިން ކަރަންޓް ބިލް ކުރުމާ ގުޅޭ ގޮތުން ވާހަކަފުޅުތަކެއް ވިދާޅުވެފައިވަނިކޮށެވެ.

ޔާމީން ވިދާލުވީ ސްޓެލްކޯއިން މިހާރު ގޭގެއަކަށް މީޓަރު ރީޑިން ނަގާކަށް ނުދާ ކަމަށާއި ކަރަންޓް ބިލް ހަދަނީ ކުރީގެ އެއްޗަކަށް ބަލާ, ގްރޯތް ފެކްޓާއެއް ލައިގެން ކަމަށެވެ. އަދި އެ މައްސަލައަކީ މަދަނީ ކޯޓަށް ވައްދަން ޖެހޭ މައްސަލައެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު މާލެއަށް އަންނަ 15 ޕަސެންޓް ގްރޯތަކީ އޭރު ހުރި ގޭގޭގެ ގްރޯތް އަކަށް ލާޒިމެއް ނޫނޭ. އިތުރު އާ ބޮޑެތި އިމާރާތްތައް އެޅުމާއި ކަރަންޓް ބޭނުންކުރާ ބޮޑެތި ކަންކަން ކުރުމާ. އެކަމު އެ ޓެކްސް މި ޕޭ ކުރަނީ އެންމެ އާދައިގެ މީހާވެސް. އެ ގްރޯތް ފެކްޓާ އޭނަގެ ބިލަށް ރީޑީން ނުނަގާ ލީމާ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެކަން ބަލަހައްޓާނެ މިނިސްޓްރީއެއް ހުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ބައްލަވަން ބޭނުން ނުވާ ކަމަށެވެ.

"މި ވާހަކަ ދައްކައިފި ކަމަށް ވަންޏާ އަނެއްކާ ބަޣާވާތްކުރީ. ކަރަންޓުންވެސް ބަޣާވާތް ކުރީ"

ސްޓެލްކޯގެ ބިލިން ސިސްޓަމާއި މުވައްޒަފުންނާމެދު ސުވާލު އުފެދޭ ގޮތަށް ދައްކާފައިވަނީ ދޮގު ވާހަކަތަކެއްކަން  ފާހަގަކުރައްވާ ފަހުމީ ވަނީ އެކަން ދޮގުކުރައްވާފަ އެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ބިލް ހަދާނީ މީޓަރުގެ ރީޑިންއަށް ބެލުމަށް ފަހު އިތުރު އެެއްވެސް އިންސައްތަ އެއް ނުލާ ކަމަށެވެ. އަދި ބިލް ހެދުމުގައި އަންޒާދާކޮށްގެން އެއްވެސް އެއްޗެއް ނުހިމަނާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

  1. ީެްއިބްރާހިމް

    މީޓަރުން ރީޑިން ނެގިިއަސް އެއަށް ބޭނުންގޮތެއް ހެދޭގޮތައް ހުންނައެއްޗެކޭ އެއީ

  2. ދިވެހީންގެ ރާއްޖެ

    އެންމެފަހުގެ ބިލު ލިބުނީ ހުކުރުދުވަހުގެ ދަންވަރު 2:00ގައި. ރީޑިންގް ނެގިގޮތެއް ނޭންގެ.

  3. ރައްޔިތު މީހާ

    މީޓަރު ރީޑިން ނަގާކަށް މިހާރަކު ނާދޭ ޔާމީން ބުނީތެދު

  4. އަލީ ރަށީދު ދެކުނު ތިލަ

    ގައުމެއްގެވެރިކަންކުރިމީހަކުމިނޫނީ ވެރިކަންނުލިބިގެން މޮޔަބޮލައްއަރައިގެން ކިޔާނެނުކިޔާނެއެއްޗެއްނޭގިގެން ކަރަންޓުބިލޭ މުންޖޭކިޔާތަނެއްނުފެނޭ ބަލަ ވޭތުވެދިޔަފަސްއަހަރުވެސް ވެރިކަން މިގައުމުގައިމީހަކުކުރި މޮޔަގޮވަމުންނުދުވޭ މިހެންއުޅޭމޮޔައިންނައްފަރުވާދޭތަނެއްކ.ގުރާއިދޫގައިހުރޭ

  5. ސަން

    ހުސްދޮގު ފަހުމީ ތިހައްދަވަނީ ޜީޑިން ނަގާ ގޮތް ސާފްވާން އެބަޖެހޭ ޖުމަލަ 3 މީހުން އުޅޭ ގެއަކަށް 4200އަރަން ޖެހޭނެ ސަބަބެއް ފަހުމީ ވިދާޅުވެ ދެއްވަބަ!ހުސް މަކަރާއި އޮޅުވާލުން…..

    • ާައޭކޭ47

      ކަރަންޓަށް ދެގުނަ ފައިސާ މިހާރު ދައްކަންޖެހޭ