ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަގެ ފޮޓޯ އާންމު ނުކުރަން މިނިސްޓްރީން އެދިއްޖެ
ދެ ދަރިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ބައްޕަގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުނުކުރުމަށް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ކުޑަކުދިންގެ ހައްގު ރައްކާތެރި ކުރުމުގެ ގާނޫނުގެ 133 ވަނަ މާއްދާގައި ބުނާ ގޮތުން ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެ ކަމަށެވެ.
ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫން ވެސް ސަބަބުތަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތު އާއްމުކޮށްގެން ނުވާނެ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.
އަދި އެކުދިންގެ ތަސްވީރެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެ ނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެކަންވެސް ވަނީ ބަޔާންކޮށްފަ އެވެ.
ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެނޫން ވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެކަން ބަޔާންކޮށްފައިވާއިރު ސޯޝަލް މިޑީއާގައި ޖިންސީ ޝިކާރައަކަށްވި ކުދިންނަކީ ކޮންބައެއްކަން އެނގޭ ގޮތަށް އެ ކުދިންގެ ބައްޕަގެ ފޮޓޯ އާއްމުކުރުމަކީ އެ ކުދިންނަށް ނަފްސާނީ ގޮތުން އިތުރު ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ސޯޝަލް މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އެހެންކަމުން އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، ކުދިންގެ ކަރާމާތައް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯއެއް މީޑިއާ އަދި މީސްމީޑިއާގައި ދައުރުނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން.
މިނިސްޓްރީން ވަނީ ކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭކަން އެނގޭނަމަ ލަސްނުކޮށް ޗައިލްޑް ހެލްޕް ލައިން 1412 އަށް ގުޅުމަށް އެދިފަ އެވެ.
ކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ގައި ހައްޔަރުކުރި ބައްޕަ 30 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.
ޢެކި ރައްޔިތުން ތަފާތު ކޮށްގެން ނުވާނެ ފޮޓޯ ޢާޢްމު ކުރަން ވާނެ.
ސަރުކާރުގެ ކޮންމެވެސް މީހެއްގެ އާއިލީ މީހަކަށް ވާނީ