Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކާރަކުން 106 ފުޅި ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ކާރަކުން 106 ފުޅި ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ކާރެއް ބަލައި ފާސްކޮށް 106 ފުޅި ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ފުލުހުން ބޮޑުފުޅައް ގޯޅިން ދިޔައިރު ކާރެއް ކައިރީގައި ތިބި ބަޔަކަށް ފުލުހުން ފެނުމުން ކާރު ދޫކޮށްލާފައި ގޮސްފައިވާ ކަމަށެވެ. އެ ކާރު ބަލައި ފާސްކުރިއިރު ކާރުގެ ތެރެއިން ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބަންގްލަދޭޝްގެ ރަސުލް އުލާ ރިދޯއީ (30އ) އެވެ.

Advertisement
Ooredoo — Square (box)

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް