ޚަބަރު

އެފްޓީއޭއާއެކު، ޗައިނާއާ ރާއްޖެއާ ދެމެދު 1 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ: ހީނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް އޮފީހުގެ މިއަދުގެ ޕްރެސްގައި ހީނާ ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

ޗައިނާއާއި ރާއްޖެއާއި ދެމެދު ފަށާ، މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އިން ދެ ގައުމު ދެމެދު ކުރެވޭ ވިޔަފާރީގެ އަގު އެއް ބިލިޔަން ޑޮލަރަށް އަރާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހީނާ އެހެން ވިދާޅުވީ, މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން މިމަހު ފަށާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. 

އެ ވާހަކަތައް ތަފްސީލް ކުރައްވަމުން ހީނާ ވިދާޅުވީ ރާއްޖެއާއި ޗައިނާ ދެމެދު އިގްތިސޯދީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

"މިހާރު ވެސް ރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ރުފިޔާގެ ވިޔަފާރި އެބަކުރެވޭ. އެހެން ނަމަވެސް ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ކުރެވޭ އެފްޓީއޭއާއިއެކީގައި، އަމަލު ކުރަން ފެށުމާއިއެކު މި އަދަދު އެއް ބިލިޔަން ޑޮލަރަށް އަރާނެ " ހީނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ހީނާ ވަނީ, ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް، ޕީބީއޯސީއާ ދެމެދު، ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހްމުނާމާއެއްގައި ސޮއިކުރުމާއެކު ޗައިނާއާއެކު ކުރާ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

ހީނާ އިތުރަށް ވިދާޅުވީ, ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެހެން ބޮޑެތި ގައުމުތަކާއެކުވެސް އެފަދަ ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރުން ކަމަށެވެ.

Ads by Allied Insurance
  1. ޓޫވެލް

    ކޮލިޓީ މީޙުން މަޖްލީހުގެ ނައިބް ރައީސް ކަން ކުރުމުގެ ބޭނުން މިހާރު މިދަނީ ފެންނަމުންނޭ ދިވެހިންނަށް ހެޔޮ ގޮތް ދިވެހިރާއްޖެ އަށް ހެޔޮގޮތް ތައް ވަޒީރުންނަށް ވުރެން ބޮޑަށް ބަހުން އެކަން އެބަދޭހަ ކޮށްދެއޭ މިހާރު މަޖްލީހުގެ ނައިބް ރައީސް ނިޔަނދުރޭ އެކަން އެގޮތަށް ދަމަހައްޓައިފިނަަމަ އޭގެ ސަބަބުން އެދެވޭ ރަނގަޅު އަސަރުކުރާނެއޭ ދިވެހިރާއްޖެ އަށް އޯއް ޔުއަރ އެފަރޓް މޭކްސް އަަވަރ ފިއުޗަރ އިޒް މީން ޓު އަސް އޯއް އައި ރިމެމްބަރ އިޓް އޯލް ޓޫވެލް ޓޫވެލް ޓޫވެލް އޯއް އޯއް އިޓްސް އޯލް ޓޫވެލް ޓޫެވެލް ޓޫވެލް…

  2. އައިކުޑް

    އެފްޓީއޭ އާ އެކު ޗައިނާއިން އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ ކަމަށް މިސަރުކާރުން އިއުލާން ކުރުން އެއީ މަމެން ދިވެހިންނަށް ޗައިނާގެ ވިޔާފާރިކޮށް ހަދާ ރާއްޖޭން ޗައިނާ މުދާ އެހެން ގައުމު ތަކަށް އެކްސްޕޯރޓް ކުރަން ރިސޯރޓް ތަކުގެ ބަދަލުގައި އިންޑަސްޓްރިއަލް ޕާރކްސް މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކައިގެން ހަދަން ލިބޭ ރަނުގެ ފުރުސަތެކޭ އޯއް ޔޭއް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި ޑާންސް ޑާންސް ޑާންސް ޑާންސް އޯއް ޔޭއް އައި އޭމް ލުކިންގް ފޯރ ދަ ލަވް އޮފް ޔުއަރ ލައި ލައި ލައި ލައިފް ލައިފް ލައިފް ޑާންސް ޑާންސް ޑާންސް ޑާންސް….