ޚަބަރު

ފުލް ޑިޓެންޝަން ފެސިލިޓީއެއް އޮތް ނަމަ މަސައްކަތް އެތައް ގުނައެއް ހަލުވިވާނެ: ޝަމްއާން

ޢާއިޝަތު ނުހާ ، ދެން އޮންލައިން
"ދެން" ގެ ހަވާސާއިން ބޭރު ޕްރޮގްރާމްގައި ޝަމްއާން ވާހަކަ ދައްކަވަނީ/ ފޮޓޯ: ދެން

ފުލް ޑިޓެންޝަން ފެސިލިޓީއެއް އޮތް ނަމަ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެތައް ގުނައެއް ހަލުއިވީސް ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

"ދެން" އިން ގެނެސްދޭ ހަވާސާއިން ބޭރުން ޕްރޮގްރާމުގައި އިމިގްރޭޝަންގެ ކޮންޓްރޯލާ ޝަމްއާން ވަނީ މި ސަރުކާރަށް މިވީ 10 ވަރަކަށް މަސް ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލު ހިއްސާކޮށްފަ އެވެ.

އެ ޕްރޮގްރާމްގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ދިމާވާ ގޮންޖެހުމާ ގުޅިގެން ސުވާލުކުރުމުން ޝަމްއާން ވިދާޅުވީ ޑިޓެންޝަން ފެސިލިޓީ ވަރަށް ލިމިޑެޓް ކަމަށެވެ.

"އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެންނަށް ފުލް ޑިޓެންޝަން ފެސިލިޓީއެއް ލިބިފައި އޮތް ކަމުގައި ވާނަމަ އަޅުގަނޑުމެންގެ މަސައްކަތް މިއަދު މިކުރާ ލެވެލްއަށްވުރެެ އެތައް ގުނައެއް ހަލުވި މިނުގައި އަދި މޯ އެފިޝިއަންޓްލީކޮށް އަޅުގަނޑުމެންނަށް ކުރެވޭނެ"

ޝަމްއާން ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނަކީ 2007 ވަނަ އަހަރު ވުޖޫދުވެފައި އޮތް ގާނޫނެއް ކަމަށާއި މި ވަގުތަށް އެންމެ މުހިއްމުކަމަކީ އިމިގްރޭޝަންގެ އާ ގާނޫނު ފާސްވެގެން ދިއުން ކަމަށެވެ.

ޝަމްއާން ވިދާޅުވީ އިމިގްރޭޝަންގެ އާ ގާނޫނު ފާސްވެގެންދާއިރުބޭނުންވާ ގާނޫނީ އެތަކެއް ކަމަކަށް ހައްލު ލިބިގެންދާނެ ކަމަށާއި އެހެންނަމަވެސް މިއަދު އޮތް ގާނޫނުން ވަރަށް ލިމިޓޭޝަންތައް އެބަހުރި ކަމަށެވެ. އަދި އެއީ ގޮންޖެހުމެއްގެ ގޮތުގައި ޝަމްއާން ފާހަގަކުރެއްވި އެވެ.

ޝަމްއާން ވިދާޅުވީ ރިސޯސަތައް މަދުވުމާއި މުވައްޒަފުންގެ ދަތިކަންވެސް އެބަހުރި ކަމަށެވެ.

"އެކަމަކު މިއަދު އަޅުގަނޑުމެން ބޭނުންމެއް ނުތް މުވައްޒަފުންގެ ދަތިތަކާ ހުރެއޭ ކިޔާފައި މަސައްކަތް ހުއްޓާލައިގެން ތިބޭކަށެއް. މީގެ ކުރިން ހުރި ހުރުމާއި ނޫނީ އެ ވާހަކަ ދެއްކުމެއް ނެތް. މިއަދު އަޅުގަނޑުމެން މިހުރީ އަނެއްހެން ބުނަންޏާ ގައުމީ މަސައްކަތެއްގައި ހުރިހާ އިމިގްރޭޝަން އޮފިސަރުން އެތިބީ ގައުމީ މަސައްކަތެއްގައި ނިކުމެ."

ޝަމްއާން ވިދާޅުވީ އޯވާޓައިމްގައި މަސައްކަތް ކުރަން ޖެހުނަސް އިމިގްރޭޝަން އޮފިސަރުން ނިކުންނާނެ ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!