ޚަބަރު

މަންމަގެ ކާޑު ބޭނުންކޮށް ޓިކްޓޮކް ލައިވްއަށް ފައިސާ ޚަރަދު ކުރި މައްސަލަ ކުރިޔަށް ނުގެންދަން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަންމަގެ ބޭންކް ކާޑު ބޭނުންކޮށްގެން ޓިކްޓޮކް ލައިވްތަކަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރި މައްސަލަ ނުބަލަން ފުލުހުން ނިންމައިފިއެވެ.

Ads by Sosun Fihaara

އެ މައްސަލަ ނުބަލަން ނިންމީ, މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ނެގުމާ ގުޅިގެންނެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ, އެފަދަ މައްސަލަ އެއް 24 އޯގަސްޓްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލަގައި ހިމެނޭ މީހާ ވަނީ މާމަގެ އެކައުންޓުން 28،000އަށްވުރެ ގިނަ ފައިސާ ޓިކްޓޮކް ލައިވްތަކަށް ހޭދަކޮށްފައެވެ. މިކަމެއް ކޮށްފައިވަނީ އޭނާގެ އަންހެން ދަރިފުޅެވެ.

ޓިކްޓޮކް ލައިވްތަކުގައި ފައިސާއިން ގަންނަ ގިފްޓް ދެވެއެވެ. އެގޮތަށް ގިފްޓްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދާ ޓިކްޓޮކް ކުޅޭ ފަރާތްތައް އުޅެއެވެ.

Ads by HDC
  1. ހެޔޮ ނުވާނެ ތިހެން ނޫޅެ އިސްލާހުވޭ.
    ވަރަށް ދުރު ހަނދާނެއް ހުރޭ. ހަގީގަތެއް ނޭނގެ. ތިބުނާ އަލީ ފިރާގް އެއް ތިގޭގައި އުޅުނުކަން އެނގޭ. މީހުން ކިޔާ އޭނަ އަކީ އޭރު އަރުވާލާފަ ހުންނަ މީހެކޭ. (ފިލްމު ކުޅޭ އަލީ ފިރާގް ) ދޯ.
    އެ އީ 1999 ގެ ފަހު ކޮޅު. މަށަށް ހަގީގަތް ނޭގުނަސް ރަށު މީހުނަށް އެނގޭނެ ދޯ.

    އަސްލު ވަރަށް ދެރަ ކަމެއްތީ.