ސްކޫލަށް ވަދެ ބިރު ދެއްކި މީހާގެ ބަންދަށް އިތުރު 15 ދުވަސް، މައްސަލަ ދައުވާކުރަން ފޮނުވުމާ ހަމައަށް!

ސްކޫލެއްގެ ކްލާސް ރޫމަކަށް ވަދެ، އަޑުގަދަކޮށް ބިރު ދައްކަމުން ދިޔަ މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހާއަކީ މއ. ކަނޑޫގެ އަހުމަދު އަލީ، 41 އ، އެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ޖެހީ 30 ދުވަހެވެ. އެއަށް ފަހުގައި ހަތް ދުވަހުގެ މުއްދަތެއް ޖެހި އެވެ. އެ މުއްދަތު ހަމަވީ މިއަދަށެވެ.
އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖެހުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، އެ މައްސަލަ މިއަދުގެ ވަގުތެއްގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.