Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޖެނުއަރީން ފެށިގެން ޗައިނާއިން އެތެރެކުރާ 91 އިންސައްތަ މުދަލުން ޑިއުޓީ ނުނަގާނެ

ޖެނުއަރީން ފެށިގެން ޗައިނާއިން އެތެރެކުރާ 91 އިންސައްތަ މުދަލުން ޑިއުޓީ ނުނަގާނެ
ޗައިނާއެކު ރާއްޖެއިން ހަދާފައިވާ މިނިފަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ސަރުކާރުން މިިކަން ހާމަކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މިނިވަން ވިޔަފާރިއަށް ރާއްޖެ ހުޅުވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމުކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރާނެ ގޮތުގެ ތާވަލެއް އެކުލަވައިލެވިފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒުކުރުމަށް ތާރީހުތަކެއް މިހާރު ކަނޑައެޅިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އަންނަ ޖެނުއަރީން ފެށިގެން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 ޕަސަންޓު ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ޗައިނާއިން އެތެރެކުރާ މުދަލުގެ އިތުރުން، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކްސްޕޯޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މަހުގެ ބާވަތްތައް ޑިއުޓީ އަކާ ނުލާ ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ އެވެ. އޭގެތެރޭގައި، ދިވެހި މަހުގެ 296 ބާވަތެއް ހިމެނޭނެ ކަން ފާހަގަ ކުރެއްވިއެވެ.

ސައީދުގެ ވާހަކަފުޅުގައި ވަނީ މަހުގެ ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހުމުން، ރާއްޖެއަށް އިތުރު ވިޔަފާރީގެ ދޮރެއް ހުޅުވިގެން ދިޔަކަން ވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ, އެހެން ގައުމުތަކުން ޑިނގާ ފަދަ ބާވަތްތައް ރާއްޖެއަށް ގެނެސް، ވެލިއު އެޑްކޮށް، ޗައިނާއަށް ސުން ޕަސެންޓު ޑިޔުޓީގައި ރީއެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.

އިތުރަށް ސައީދު ވިދާޅުވީ ޗައިނާއާއެކު ހަދާ ކަރަންސީ ސެޓްލްމެންޓު އެގުރީމެންޓުގެ ސަބަބުން ޗައިނާއިން މުދާ އެތެރެކުރުމުގައި ޑޮލަރަށް ބަރޯސާވުން ވަރަށް ބޮޑަށް ނިމުމަކަށް އަންނާނެ ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހި ރުފިޔާ ބޭނުންކޮށްގެން ޗައިނާއިން ގެންނަ މުދަަލަށް ބޭންކެއް މެދުވެރިކޮށް އަގު އަދާކުރެވޭނެ ކަމަށެވެ.

މި ދެ އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ވަަަރަށް ބޮޑަށް ހެޔޮވެގެންދާނެކަން ސައީދު ފާހަގަކުރެއްވި އެވެ.

Advertisement
Allied — Dhen Online (box)

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް