Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އޭޖީ އުނިކުރުމުން ބާ ކައުންސިލްގައި ހުސްވި މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އޭޖީ އުނިކުރުމުން ބާ ކައުންސިލްގައި ހުސްވި މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ބާ ކައުންސިލްގެ ހިންގާ ކޮމިޓީން ބަންޑާރަ ނައިބު އުނިކުރުމަށް ފަހު އެ ކޮމިޓީގައި ހުސްވި މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ. ބާ ކައުންސިލްގެ ހިންގާ ކޮމިޓީ މިހާތަނަށް އެކުލެވިފައި އޮތީ ހަތް މެމްބަރުންގެ މައްޗަށެވެ. އެެއީ ވަކީލުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ ހަ މެންބަރުންނާއި ބަންޑާރަ ނައިބު ހިމެނޭ ގޮތަށެވެ. މަޖިލީހުން ފާސްކޮށް ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވާ އިސްލާހުން ބަންޑާރަ ނައިބު ވަނީ އެ ކޮމިޓީން ބަންޑާރަ ނައިބު އުނިކުރި އެވެ. އިސްލާހުގައި ވަނީ ބަންޑާރަ ނައިބުގެ ބަދަލުގައި ގާނޫނީ ވަކީލުން އިންތިހާބު ކުރާ ވަކީލެއް ބާ ކައުންސިލްގައި ހިމެނުމަށެވެ. ގާނޫނުގައިވާ ބަދަލާ އެއް ގޮތަށް ބާ ކައުންސިލްގެ ހިންގާ ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރުމުގެ މަސައްކަތް އެ ކައުންސިލުން ވަނީ ފަށައިފަ އެވެ. އަދި އެ އިންތިހާބު ބާއްވާނެ ތާރީހުގެ ގޮތުގައި އަންނަ މަހު 21 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ބާ ކައުންސިލްގެ ހިންގާ ކޮމިޓީއަށް ކުރިމަތިލާން ހުޅުވާލީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ފޯމު ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު ނުވައެއް ޖަހާއިރުން ފެށިގެން މެންދުރުފަހު ތިނެއް ޖެހުމާ ހަމައަށް ކަމަށް ބާ ކައުންސިލުން ބުންޏެވެ. ދެން ބާ ކައުންސިލްގައި ތިބޭނީ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރާ ހަތް މެންބަރުންނެވެ.

ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގަ އެވެ. ބާ ކައުންސިލް ވުޖޫދު ކުރުމުގެ ކުރިން ވަކީލުންގެ ކަންކަން ބަލަހައްޓަމުން ގެެންދިޔައީ ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުގެ ކުރިން، ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަކީލުން ރެގިއުލޭޓް ކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް