ޚަބަރު

މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރެއް އަދިވެސް އޮތީ އެމްޑީޕީގައި: ޝާހިދު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު /ފޮޓޯ:ދެން އިމޭޖްސް

މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި ތަރައްގީގެ ސަބަބުން ލިބޭ ފައިދާ ހުރިހާ ދިވެހިންނަށް ކުރާނެ ތަސައްވަރެއް އޮތީ ހަމައެކަނި އެ ޕާޓީގެ އަތުގައި ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 69 އިންސައްތަ ނިމިފައިވާ ކަމަށް މިހާރުގެ ސަރުކާރާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ހަބަރަކާ ގުޅިގެން ބުރާސްފަތި ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށީ އުތުރުގެ އަތޮޅުތަކާ އަދި މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާ އެކު ކަމަށެވެ.

އެއާޕޯޓު ތަރައްގީކޮށް ނިމުމުން ބޮޑު ތިލަދުންމައްޗަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ސަރަހައްދީ މަރުކަޒަކަށް ވެގެންދާނެ ކަމަށެވެ. އަދި މިއީ ބޮޑުތިލަދުންމަތީގެ އިތުރުން އުތުރުގެ އެހެން އަތޮޅުތަކުގެ ވެސް ތަރައްގީގެ އާ ބާބެއް ކަމަށެވެ. ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި މުޅި ރާއްޖެ މިގޮތަށް ތަރައްގީ ކުރުމުގެ ތަސައްވުރެއް އޮތީ އެމްޑީޕީގައި އެކަނި ކަމުގަ އެވެ.

އިންޑިއާ ސަރުކާރުގެ އެހީ އާއެކު، ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ އާ ހަވާލުކުރީ އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ، މިދިޔަ އަހަރު އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. ޝާހިދު ވިދާޅުވީ އެ މަސައްކަތުގައި ބައިވެރިވެ، ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

Ads by Ooredoo