ޚަބަރު

ޖަލު މަރުތައް ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅަން ގޮވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާފުށީ ޖަލު

ޖަލުގައި މަރުވުމުގެ ހާދިސާތައް ހިނގާތީ އެކަން ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅު އަޅަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

Ads by MWSC

މި މަހު ކުރީކޮޅު އަންހެނަކު ރަހީނުކޮށްގެން މަރާލާނެކަމަށް ބުނެ ވަޅިން ބިރުދެއްކި މައްސަލަގައި ހައްޔަރުށް ޖަލު ބަންދުގައި ހުރި އާދަމް އަތުހަރު ޖަލުގައި ދެން ޖެހިގެން މަރުވި ހާދިސާއަށް މަހެއް ނުވެ އުޅެނިކޮށް ހަމަ މިއަދު ވަނީ މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކުވެސް ދަން ޖެހިގެން މަރުވެފަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ޖަލު ބަންދުގައި ހުއްޓާ މީހުން މަރުވުން ތަކުރާރުވަމުންދާތީ ކަންބޮޑުވާ ކަމަށެވެ.

އަތުހަރު މަރުވި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގުމަށް ވެސް އެމްޑީޕީން ކުރިން އޮތީ ގޮވާލައިފަ އެވެ.

އެމްޑީޕީން ބުނީ ދައުލަތުގެ ބެލުމުގައި ދަށުގައި ބަންދުގައި ތިބޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށާއި އެހެން ނަމަވެސް ޖަލު ގޮޅީގައި ގައިދީން ހަރަކާތްތެރިވަމުން ދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށެވެ،

އެހެންކަމުން މިނިވަން ތަހުގީގެއް ހިންގައި އެ މަރުތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅަން އެމްޑީޕީން ގޮވާލި އެވެ.

Ads by Ooredoo