ޚަބަރު

ދުންފަތާއި ވޭޕް މަނާކުރުމަށް ފިިޔަވަޅުތައް އެޅުމަށް ޑޮކްޓަރުން ގޮވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މީހަކު ވޭޕްކުރަނީ---

ދުންފަތާއި ވޭޕް މަނާކުރުމަށް ފިިޔަވަޅުތައް އެޅުމަށް ޑޮކްޓަރުންގެ ޖަމިއްޔާ، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ގޮވާލައިފި އެވެ.

Ads by Sosun Fihaara

އެ އެސޯސިއޭޝަން އިން މިރޭ ނެރުނު ބަޔާނުގައި ބުނީ ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާއަކާއި 250 ވިހަ އެކުލެވޭ އެއްޗެއް ކަމަށެވެ. އަދި އޭގައި ހިމެނޭ 70 މާއްދާއިން ކެންސަރަށް މަގުފަހިވާ ކަމަށް ދިރާސާތަކުން ދައްކާ ކަންވެސް ފާހަަގަކުރި އެވެ.

އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކާ ހަވާލާދީ ބުނީ ފުއްޕާމޭގެ ކެންސަރު ބަލީގެ މަސްދަރަކަށް 85 ޕަސެންޓް ވަނީ ދުންފަތުގެ ސީދާ ދުން ކަމަށެވެ. އަދި އަހަރަކު އަށް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުުރުމުގެ ސަބަބުން އެކި ބަލިތަކުގައި ދުނިޔެ ދޫކޮށް ދާން ޖެހޭ ކަމަށެވެ.

އެމްއެމްއޭއިން ބުނީ ވޭޕްގައި އެކުލެވޭ ތަފާތު ޕްލޭވާތަކަކީ ޒުވާން ޖީލު މިކަމަށް ދެވިހުފުމަށް ބޭނުންކުރެވޭ އުކުޅަކަށް ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކުން ވެސް ހާމަވެގެންދާ ކަމަށެވެ. އަދި މެންތޯލް އަދި ސިނަމަން ފަދަ ފްލޭވާ ތަކަކީ ޕުއްޕާމޭ ހަލާކު ކުރުވާ މައިގަނޑު ފްލޭވާ ކަން ދިރާސާތަކުން ދެނެގަނެވިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ އިންޑިއާ ހިމެނޭހެން ދުނިޔޭގެ 34ގައި ގައުމެއްގައި ވޭޕް މުޅިން މަނާކޮށްފައިވާ ކަމަށެވެ. އަަދި ވޭޕްއާއި ދުންފަތް މަނާކޮށްފިނަމަ ދިވެހިންގެ އާންމު ސިއްހަތު ރަނގަޅުވެ، މުޖުތަމައުގެ ސިއްހީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެހެންވެ ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖޭގައި ވެސް މަނާ ކުރަން އެކަށޭނެ ފިޔަވަޅުތައް އެމްއެމްއިން ވަނީ ގޮވާލައިފަ އެވެ.

ދުނިޔޭގެ 34ގައި ގައުމެއްގައި ވޭޕް މަނާކޮށްފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ، ރާއްޖޭގައި އެކަން ކުރުމުން ދިވެހިންގެ އާންމު ސިއްހަތު ރަނގަޅުވެ، މުޖުތަމައުގެ ސިއްހީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

  1. ހަކީމް

    މި ޑަކުޓަރުން ކީއްވެބާ ރާއްޖެ އެތެރެކޮށް ވިއްކާ ކާބޯތްލަކެތީގެ ކޮލިޓީ އަށް ކަންބޮޑުނުވަނީ ސީޕީ ހަޔަކަން ނުފެތޭ މިންގަޑުގެ ކުކިން އޮއިލް އެބަ ވިއްކާ ދުނިޔޭ ބާޒާރުން ގަންންން ނުލިބޭ އަގުގަ