އައިއެމްއެފްގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަނީ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސް ނުވަތަ އެސްއޯއީއާ ގުޅޭ ވަފުދެއް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީން އެހެން ބުނީ ސަރުކާރުން ހިންގާ "ސަރުކާރު" ނޫހުގައި ޝާއިއުކުރި ހަބަރެއްގަ އެވެ.
ފިނޭންސުން ބުނީ އެ ވަފުދު ރާއްޖެއަށް ޒިޔާރަތްކުރައްވާނީ އަންނަ މަހުގެ 8 އިން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ ދަތުރުގައި އެސްއޯއީތަކާ ގުޅޭ އާ ގާނޫނެއް ފަރުމާކުރުމަށްޓަކައި ކުންފުނިތަކުގެ ގަވާނަންސް އާއި ޒިންމާދާރުކުރުމުގެ ނިޒާމާއި އެހެނިހެން ކަންތައްތައް ހަމަޖެހިފައިވާ ގޮތް ވަފުދުގެ ބައިވެރިން ބައްލަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އައިއެމްއެފްގެ މިޝަނެއް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ދަތުރު ހަމަޖެހިފައިވާއިރު ރާއްޖޭގެ އިގުތިސާދީ ހާލަތާއި ސިޔާސަތުތަކާ ގުޅޭ ގޮތުން އައިއެމްއެފްގެ ވަފުދެއް ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އަދި ރާއްޖެ އޮތް އިގުތިސާދީ ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި އިގުތިސާދީ ބަދަލުތަކަށް އެ ފަންޑުން ވަނީ މަރުހަބާ ކިޔާފައިވެ އެވެ.
ދުބާއީގައި ކުރިއަށް ދިޔަ ވާލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި, އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވަނީ ސަރުކާރުގައި އިގްތިސޯދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދިނުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ.







ކޮމެންޓް