ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކު އިންޓަޕޯލްގެ ޕްރޮގްރާމެއްގައި ކިޔަވައިދީފި

އިންޓަޕޯލް އީ – އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިން ޕްރޮގްރާމުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކު ކިޔަވައިދީފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރުގައި ބުނީ މިހާރު ފިލިޕީންސްގައި ކުރިއަށްދާ އެ ޓްރެއިނިން ގައި ކިޔަވައިދެއްވީ އެންޓި ސްކޭމް ރެޕިޑް ރެސްޕޮންސްގެ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ކަމަށެވެ.
ފުލުހުން ބުނީ ނަވީދު ދެ މޮޑިއުލްއެއް ކިޔަވައިދެއްވާފައިވާ ކަމަށާއި އެއީ ކަލެކްޓިން އިލެކްޓްރޯނިކް އެވިޑެންސް އަދި އިންޓަވިއު އެންޑް ޑޮކިއުމެންޓޭޝަން މޮޑިއުލް ކަމަށެވެ.
މި މަހުގެ 23 އިން 27 އަށް ކުރިއަށްދާ އެ ޓްރެއިނިންގައި ސައިބާ ކްރައިމްގެ މައްސަލަތައް ބަލައި ޕްރޮސެކިއުޓަރުންނާއި ނެޝަނަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުގެ މެމްބަރުންގެ އިތުރުން ފިލިޕީންސްގެ ފުލުހުން ވެސް ބައިވެރިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފިލިޕީންސް ފުލުހުންގެ ތެރޭގައި އެގައުމުގެ ރީޖަނަލް ސައިބާ ކްރައިމް ޔުނިޓާއި ވިމެން އެންޑް ޗިލްޑްރެންސް ޕްރޮޓެކްޝަން ޑެސްކާއި ސައިބާ ކްރައިމްގެ މައްސަލަތައް ތަހުގީގުކުރާ ފުލުހުން ބައިވެރިވާނެ ކަމަށެވެ.