ގޫގުލްގެ އޮފީހަށް ރައީސް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް އަށް ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސްއަށް މަރުހަބާ ވިދާޅުވީ ގޫގުލް ޕަބްލިކް ސެކްޓަރުގެ ސީއީއޯ، ކެރެން ދޭހަތް އެވެ. އޮފީސް ބައްލަވާލެއްވުމަށްފަހުގައި، ރައީސް ވަނީ ގޫގުލްގެ ޓީމާ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުވުމުގައި އާންމުހިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ހައްލުތައް ހޯދުންފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ރައީސް ގޫގުލް އޮފީހަށް ޒިޔާރަތް ކުރެއްވީ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.
ރައީސް އެމެރިކާ އަށް ކުރެއްވި ދަތުރު ނިންމާލުމަށްފަހު މިއަދު ވަނީ ފުރާވަޑައިގެންފަ އެވެ.