މާލެ ކައިރިން ކަނޑުމަތިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ ކައިރިން ކަނޑުމަތިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން މީޑިއާތަަކަށް މިއަދު ހަވީރު ފޮނުވި މެސެޖުގައި ބުނީ މަރުވެފައިވާ އޮއްވާ ފެނުނީ އުސްފަސްގަނޑާ ދިމާލުން ކަނޑުމަތިން ކަމަށެވެ،
ފުލުހުން ބުނީ އެކަން ރިޕޯޓްކުރީ މިއަދު ހަވީރު 05:06 ގައި ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ދިވެހި ފިރިހެނެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.