ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި
ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ވިދާޅުވީ އެކަން ފެށީ މިއަދު ކަމަށެވެ.
ސަލްމާން މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާގައި އޭސީގައި މައްސަލަ ޖެހުން ބޮޑެވެ.
ނިމިގެން ދިޔަ ސަރުކާރުގައި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ.އަލީ ޒާހިރު ވިދާޅުވީ އޭސީއަށް މައްސަލަ ދިމާވަނީ އެ މިސްކިތް ހުންނަނީ މޫދާ ވަރަށް ކައިރީގައި ކަމުން ލޮނުގެ އަސަރުކޮށް ދަބަރު ޖަހާ ކަމަށެވެ.
މިސްކިތުގެ އޭސީގެ މައްސަލަ ދިމާވެފައި ހުންނާތީ ގިނަ ބައެއްގެ ފާޑުކިއުން އޮންނައިރު އޭސީތައް މަރާމާތު ކުރުމަށް ހަ މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި އެ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިދިޔަ މޭ މަހު މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ, އޭސީތައް ހަލާކުވެފައި ހުރީ އޭސީ ނިޒާމުގެ މެއިންޓެނެންސް މަސައްކަތް އެކަށީގެންވާ މިންވަރަށް ނުކުރެވި ހުރުމުގެ ސަބަބުން ކަމަށާއި މައްސަލަ ހައްލު ނުކުރެވި އޮތީ ދިގުލައިގެންގޮސްފައިވާ ކަމަށެވެ.
ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އާލް ސަޢުދުގެ އެހީއާއެކު ބިނާކުރެއްވި ސަލްމާން މިސްކިތުގައި ފަސް ފަންގިިލާ ހިމެނޭއިރު ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.