ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ އެމްޑީޕީގެ ފޮޓޯގްރާފަރު ޖޯރޭ

ކަނޑުމަތިން މަރުވެފައި އޮއްވާ މިއަދު ހަވީރު ފެނުނީ އެމްޑީޕީގެ އެކްޓިވިސްޓް ހ. ވެލަސްފަރުގޭ، އިބްރާހިމް ޖައުހަރީ(ޖޯރޭ)ކަން ހާމަވެއްޖެ އެވެ.
އުމުރުން 62 އަަހަރުގެ ޖޯރޭ މަރުވެފައިވާ އޮއްވާ ފެނުނީ އުސްފަސްގަނޑާ ދިމާލުން ކަނޑުމަތިން ނެވެ.
ފުލުހުން ބުނީ އެކަން ރިޕޯޓްކުރީ މިއަދު ހަވީރު 05:06 ގައި ކަމަށެވެ.
ޖޯރޭގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށާއި އޭރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ޖޯރޭއަކީ އަކީ ކުރިން ނޫސްވެރިކަމުގެ ދާއިރާގައި ފޮޓޯއާއި ވީޑިއޯ ނެގުމުގައި ވެސް ހަރަކާތްތެރިވި މީހެކެވެ. ހާއްސަކޮށް އޭނާ ބޮޑަށް ފާހަނގަވެގެން ދިޔައީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްވަރު ކުރި މުޒާހަރާތަކާ ގުޅިގެން އޭނާ ނެގި ފޮޮޓާތަކުން ނެވެ.
ޖޯރޭގެ މަރާ ގުޅޭ މައްސަލަ ފުލުހުން ބަލަމުންދާ އިރު އިތުރު ތަފްސީލެއް ނުދެ އެވެ.