އިސްލާމީ މަރުކަޒަށް 40 އަަހަރު ފުރޭތީ މަސްފެންގަނޑެއް ހަދަނީ
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭތީ މަސްފެންގަނޑެއް ހަދަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްްޓްރީން މިއަދު ހަވީރު ކުރި އިއުލާނެއްގައި ވަނީ އެ މަސްފެންގަނޑު ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންވެސްކޮށްފަ އެވެ.
އެ މަސްފެންގަނޑު ހަދަން ބޭނުންވަނީ އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި އެކަމަށް އެދި ކުރިމަތި ލެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށް ވެސް ބުންޏެވެ.
އެކަމާ ގުޅޭ ޕްރީ-ބިޑް މި މަހުގެ 7 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިރު ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 6 ދުވަހުގެ 22:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.
ކުރިން މާލޭގެ ޖަލު ހުރި ތަން ތަޅާލުމަށް ފަހު އިސްލާމީ މަރުކަޒު ބިނާކޮށް ހުޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. އެތަނަކީ އޭރު މާލޭގައި ހުރި އެންމެ ރީތި ބިނާ ވެސްމެ އެވެ.