މަރާމާތަށް ފަހު އާ ސަހަރާ މިސްކިތާއެކު އަންނަ ހުކުރުގައި ހުޅުވަނީ

މަރާމާތަށް ފަހު އާސަހަރާ މިސްކިތާއެކު ހުޅުވަން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ހަތަރު ވަނަ ދައުރުގެ 165 ވަނަ އާންމު ޖަލްސާގައި ނިންމީ އަންނަ ހުކުރު ދުވަހު އެތަން ހުޅުވުމަށެވެ.
އާސަހަރާ މިސްކިތް، އަލުން އިމާރާތް ކުރުމަށްޓަކައި ކުރިން ހުރި މިސްކިތް ބަންދުކުރީ 2023 ވަނަ އަހަރުގެ މޭ މަހު އެވެ.
އަދި އެތަން މަރާމާތުކޮށް ބަދަލުތައް ގެންނަން ދެ ކޮންޓަކްޓަރުންނަށް ހަވާލުކޮށް ފައިސާވެސް ދޫކުރި އެވެ.
ނަމަވެސް އެ ކޮންޓްރެކްޓަރުންނަށް އެކަށީގެންވާ ވަރަށް މަސައްކަތްތައް ނުގެންދިއުމުން ކޮންޓްރެކްޓް ބާތިލުވެސް ކުރި އެވެ.
އެހެންވެ އެތަނުގެ މަސައްކަތަށް ގިނަ ދުވަސްތަކެއް ހޭދަވި އެވެ.
މަރާމާތަށް އާސަހަރާ ބަންދުކުރުމުން، މާލެ، ވިލިމާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބާއްވައި ވަޅުލުމަށް ދަތިތަކާ ކުރިމަތިވިއެވެ.
އާ ސަހަރާ މިސްކިތް އަލުން ތަރައްގީކުރީ ދެ ފަންގިފިލާއާއެކު އެވެ.