ޖޫރިމަނާތަކާއެކު ވިނަރެސް އެކްސެސް ކޮންޓްރޯލް ބޭނުންކުރުމުގެ އުސޫލު އެކުލަވާލައިފި
ހުލުމާލޭގެ ފޭސް ދޭއްގައި ހެދި ވިނަރެސް ފްލެޓްތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރުމުގެ އުސޫލު އެކުލަވާލައިފި އެވެ.
އެޗްޑީސީން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ކޮންމެ ފްލެޓެއްގައިވެސް އެއްވަގުތެއްގައި ގިނަވެގެން އެއްފަހަރާ ބޭނުންކުރެވޭނީ ހަތް ޓެގެވެ.
އަދި ފްލެޓްގެ ވެރިފަރާތް ފިޔަވައި ފްލެޓުގައި ދިރިނޫޅޭ ފަރާތްތަކުން ޓެގް ގެންގުޅުމަކީ މަނާ ކަމެކެވެ.
އަދި ގެއްލިގެން ނުވަތަ ބްލޮކްކޮށްގެން އާ ޓެގެއް ހައްދަން ބޭނުންނަމަ 150 ރުފިޔާ ދިނުމުން އާ ޓެގެއް ހެއްދޭނެކަމަށް ބުނެފައިވެ އެވެ.
އުސޫލުގައި އިތުރަށް ބުނީ ހުއްދަ ނެތި ޓެގް ނަކަލު ނުކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް ނަކަލުކޮށްފިނަމަ 5000 އާއި 10000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
Ads by Allied Insurance