މީހެއްގެ ބަނޑުން އެތައް ފައިސާއަކާއި ތިނޯހާއި ލައިޓަރެއް ނަގައިފި

މިސްރު: ގަސްރު އަލްއައިން ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަނެއްގައި މީހެއްގެ ބަނޑުން 6500 މިސްރު ޕައުންޑް ނަގައިފިއެވެ.
އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ބުނެފައިވަނީ ކަރުދާސް ފައިސާގެ އިތުރުން ، ކޮއިނާއި ތިނޯހާއި ލައިޓަރެއް ވެސް ބަލިމީހާގެ ބަނޑުން ނަގާފައިވެއެވެ.
ޑޮކްޓަރުން ބުނެފައިވަނީ ބަލި މީހާ ޑޮކްޓަރަށް ދެއްކުމަށް އައީ ބަނޑަށް ތަދުވެގެން ކަމަށާއި ފައިސާއާއި އެހެނިހެން އެއްޗެހި ދިރުވާލާފައިވާ ކަމަށް ބަލިމީހާ ބުނެފައިވާ ކަމަށެވެ. އަދި ޓެސްޓްތަކާއި ސްކޭންތައް ހެދުމަށް ފަހު އެތަކެތި ނެގުމަށް އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ނިންމީ ކަމަށާއި އެ އޮޕަރޭޝަނަށް ހަތަރު ގަޑިއިރު ހޭދަވި ކަމަށް ވެސް ބޭރުގެ މީޑިއާތައް ބުނެފައިވެއެވެ.
މިދިޔަ އަހަރު ވެސް މިސްރުގައި ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި އޮޕަރޭޝަން ކުރި މީހާ ދިރުވާލާފައިވަނީ 20 ސަމުސަލާއި 4 އުލުގެ އިތުރުން ދަތް އުނގުޅާ ބުރުސްތަކެކެވެ.